English Edition
Dhivehi Edition

ދުނިޔޭގެ އެންމެ ނުފޫޒުގަދަ އެއް ޤައުމު ކަމަށްވާ އެމެރިކާ,އެޤައުމާއި މެކްސިކޯ ގުޅޭ ސަރަހައްދީ ރޮނގުގައި އިމާރާތް ކުރާ ބޮޑު ފާރުގެ މައްސަލަ ބޮޑުވެ ސަރުކާރުގެ ގިނަ ވުޒާރާތައް ހުއްޓުމަކާ ގާތަށް ހިނގައްޖެއެވެ.އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް އޭނާގެ ކެމްޕެއިންގައި ވައުދުވެފައި ވަނީ އެމެރިކާއާއި މެކްސިކޯ ވަކިކުރާ ސަރަހައްދުގައި ފާރެއް ރާނައި ދެޤައުމުން ވަކިކުރުމަށެވެ.

މިއީ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންގުޅުއްވާއި އިމިގްރޭޝަން ސިޔާސަތުގެ ދަށުން ކުރައްވާ ކަމެކެވެ.ނަމަވެސް މި މަޝްރޫއަށް ބޭނުންވާ ފަސް ބިލިއަން ޑޮލަރުގެ ބަޖެޓް ފާސްނުވެ، ސަރުކާރުގެ ބޮޑުބައެއް ހުޓުމަކާއި މިހާރު މިވަނީ ކުރިމަތި ލާފައެވެ.ޓްރަމްޕް ވިދާޅުވީ އެމެރިކާގެ ފެޑެރަލް ސަރުކާރުގެ މުހިންމު މުއައްސަސާތަކެއް “ވަރަށް ގިނަ ދުވަހަށް” ހުއްޓިގެންދާނެ ކަމަށެވެ.މި އިމާރާތް ކުރާ ފާރުގެ ބަޖެޓަށް ބޭނުންވާ އަދަދަށް ސެނެޓުގައި ވޯޓު ހަމަކުރުމަށް ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީން ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ.

މި ބަޖެޓު ފާސްނުވުމުގެ ސަބަބުން، އެމެރިކާގެ ލޭބާ، ހެލްތު، ހޯމްލޭންޑް ސެކިޔުރިޓީ,ޑިފެންސް އަދި އެގްރިކަލްޗާ އަދި ޖަސްޓިސް ޑިޕާޓަމަންޓްތަކުގެ ބޮޑުބައެއް ހުއްޓުމަކަށް އަންނާނެއެވެ.އަދި މީގެ ސަބަބުން މި ޑިޕާޓްމެންޓް ތަކުން މީހުން މަދުކުރަން ޓްރަމްޕް އަށް މަޖުބޫރު ވާނެވެ.

އެމެރިކާއާއި މެކްސިކޯ ދެމެދު، ހުރަސް ނުކުރެވޭ ފަދަ ފާރެއް ލުމުގެ މަސައްކަތް ކުރުމަށް އަމުރުކުރައްވައި ޓްރަމްޕް ވަނީ ރިޔާސީ ގަރާރެއް ނެރުއްވާފައެވެ. މެކްސިކޯއާއި އެމެރިކާއާއި ދެމެދު އަޅަން ނިންމާފައިވަނީ 18 ފޫޓު އުސް އަދި 2000 މޭލުގެ ދިގުމިން ހުރި ފާރެކެވެ.