English Edition
Dhivehi Edition

އައްޑޫސިޓީ ހުޅުމީދޫގައި މަސައްކަތްކުރަމުން އައި ބިދޭސީއަކު މިއަދު ނިޔާވެއްޖެ އެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ބިދޭސީމީހާ ނޭވާލާން އުނދަގޫވެ ހޮޑުލެވޭތީ މަރުކަޒަށް ގެނައީ މިއަދު ހަވީރުގެ ވަގުތެއްގައެވެ.

“އޭއޯނިއުސް” އަށް އެނގިފައިވާ ގޮތުގައި ޑޮކްޓަރަށް ދެއްކުމުން އެމީހާގެ އެޗްބީ ބެލިއިރު ވަރަށް ދައްވެފައިވާ ކަމަށް ޑޮކްޓަރުވަނީ ބުނެފައެވެ. އެއަށްފަހު އޭނަ އެޑްމިޓް ކުރުމަށްފަހު ޑޮކްޓަރުވަނީ އިތުރުފަރުވާ އަށް ހިތަދޫރީޖަނަލް ހޮސްޕިޓަލަށް އޭނާގެންދިޔުމަށް ލަފާދީފައެވެ. ނަމަވެސް ފުރުވާނުލެވެނީސް އެމީހާވަނީ ނިޔާވެފައެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ނިޔާވެފައިވަނީ ހުޅުމީދޫ ޕަބްލިކް ވޯކްސްގައި މަސައްކަތް ކުރަމުން ދިޔަ ބަންގްލަދޭޝްގެ ރައްޔިތެކެވެ.

މިހާދިސާގެ މައުލޫމާތު ހޯދަން ހުޅުމީދޫހެލްތް ސެންޓަރަށް ގުޅުމުން ކަމާބެހޭ މައުލޫމާތު ދެވޭނެ ފަރާތެއް ނެތުމުން ވަނީ މައުލޫމާތު ލިބޭނެ ގޮތެއް ނުވެފައެވެ.