English Edition
Dhivehi Edition

ދުނިޔޭގެ އެންމެ ބާރުގަދަ 7 ޤައުމުގެ ތެރެއިން އެއް ޤައުމު ކަމަށްވާ އެމެރިކާގެ ދިފާއީ ވަޒީރު ޖެނެރަލް ޖޭމްސް މަޓިސް އިސްތިއުފާގެ ސިޓީ އެޤައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕްއަށް އަރުވައިފިއެވެ.ޖެނެރަލް މަޓިސް އަކީ އެމެރިކާގެ 26 ވަނަ ދިފާއީ ވަޒީރެވެ.އުމުރުން 68 އަހަރުގައި މަޓިސް ވަޒީރުކަމުން އިސްތިއުފާ ދޭން ނިންމެވިއިރު އޭނާ އެ މަގާމުގައި ހުންނަތާ ދެ އަހަރު މިވަނީ ވެފައެވެ.

ހަބަރުތައް ލިބިފައިވާގޮތުން މަޓިސް އިސްތިއުފާ ދެއްވަން ނިންމެވީ ސީރިއާގައި ތިބޭ އެމެރިކާ ސިފައިން ބާލާނެކަން ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާން ކުރެއްވިތާ އެއް ދުވަސް ފަހުންނެވެ.އޮފިޝަލުން ލަފާކުރާގޮތުގައި ސީރިއާ އިން އެމެރިކާ ސިފައިން ބާލަން މަޓިސް އެހާ ބޭނުން ނުވާތީ އޭނާ އިތުރަށް އެމަގާމުގައި ނުހުރެ އިސްތިއުފާދެއްވީއެވެ.

68 އަހަރުގެ ޖެނެރަލް މަޓިސް މަގާމުން ވަކިވެވަޑައިގަންނަވާނީ ފެބްރުއަރީ މަހު އެވެ.މީގެ ކުރިންވެސް އެމެރިކާގެ ގިނަ ވަޒީރުންތަކެއް ވަނީ އިސްތިއުފާ ދެއްވާ އަދި ޓްރަމްޕް ވަނީ ގިނަ ވަޒީރުންތަކެއް މަގާމުން ދުރުވެސް ކޮށްފައެވެ.