English Edition
Dhivehi Edition

ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި އިއްޔެ ދަންވަރުގެ ވަގުތެއްގައި މަރުވި ދާނިޝްގެ ޖަނާޒާގައި އޭނަގެ އެތައްހާސް ސަޕޯޓަރުންނެއް ބައިވެރި ވެއްޖެއެވެ.

ހިތްތައް ކުދި ކުދިވެފައިވާ ދާނިޝްގެ ފޭނުންނާއި ފޮލޯވަރުން ރޭވަނީ ދާނިޝް އަށް އެންމެ ފަހުގެ އިހްތިރާމް އަދާކުރުމަށާއި އެންމެ ފަހުވަގުތު ދެކިލުމަށް އޭނަގެ ގޭގެ ސަރަހައްދަށް ޖަމާވެފައެވެ.

ދާނިޝްގެ ޖަނާޒާއަށް އެތައްހާސް ފޭނުންނެއް ޖަމާވެފައި

ރިޕޯޓްތައްބުނާ ގޮތުގައި ދާނިޝް ގެ ކާރު އެކްސިޑެންޓްފެވައި ވަނީ ކުރލާގައި އޮތް ކައިވެނިހަފްލާ އަކަށް ގޮސްފައި އެނބުރި މުމްބާއީ އަށް އަންނަނިކޮށް ޕަންވެލް ހައިވޭގައެވެ. 20 ޑިސެމްބަރ، ދަންވަރު 12:30 ހާއިރު ދާނިޝްގެ ކާރު ކޮންޓްރޯލް ނުވެގޮސް ފާރުގައި ޖެހިފައިވާއިރު ކާރުގައި އޭނަގެ ކޮއްކޮވެސް އިނެވެ. މަންޒަރު ދުށްމީހަކާ ހަވާލާދީ އިންޑިއާގެ ނޫސްތަކުގައި ބުނެފައިވަނީ އެއެކްސިޑެންޓަކީ މިހާތަނަށް ހިނގި އެންމެ ނުރައްކާތެރި އެއް އެކްސިޑެންޓް ކަމަށެވެ. އޭނަ އިތުރަށް ކިޔައިދިން ގޮތުގައު އެކްސިޑެންޓަށް ފަހު ދެބޭން ވެސް ކައިރި ހޮސްޕިޓަލަކަށް ގެންދެވުނެވެ. ނަމަވެސް މާގިނައިރެއް ނުވެ ދާނިޝް މަރުވި އިރު ކޮއްކޮ އަށް ވަނީ އެކިވަރުގެ އަނިޔާވެފައެވެ.

ދާނިޝް ޒިހާން ގެ ކާރު އެކްސިޑެންޓް ވެ ބޭނުންނުކުރެވޭވަރަށް ހަލާކުވެފައި

އުމުރުން 21 އަހަރުގެ ދާނިޝް އަކީ މުމްބާއީގެ މަހަރާސްޓްރާއަވަށުގެ އާދައިގެ އާއިލާ އަކަށް އުފަން މުސްލިމް ކުއްޖެކެވެ. އޭނާ މަޝްހޫރުވެފައިވަނީ ޔޫޓިއުބަރ އަދި ލައިފްސްޓައިލް ބްލޮގަރެއްގެ އިތުރުން އެމްޓީވީގެ އޭސްއޮފްސްޕޭސް ގެ ބައިިވެރިއެއްގެ ގޮތުގައެވެ. މިއުޒިކަލީގެ ވީޑިއޯ ގެ އިތުރުން އިންސްޓަގްރާމްގެ އެތައްހާސް ފޮލޯވާސް ލިބިފައިވާ ދާނިޝްއަކީ ހިޕްހޮޕް ޑާންސަރ އެއްގެ ގޮތުގައި މަޝްހޫރު މީހެކެވެ.

ކުއްލިގޮތަކަށް ދާނިޝް މަރުވެފައިވާއިރު “އޭސްއޮފްސްޕޭސް” ގެ ބައިވެރިންނާއި އެޝޯގެ ކޯހޯސްޓް ވިކާޝް ގުޕްތާގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ ދާނިޝްގެ ފޭނުން އަދިވެސް ވަނީ ބޮޑުޝޮކެއްގައެވެ. ރޭ ދާނިޝްގެ ޖަނާޒާ ނިމިފައިވާއިރު އޭނަގެ މަންމަ އާއި ކޮއްކޮ ގެހާލު އަދިވެސް ވަރަށް ދަށްކަމަށް ރިޕޯޓްތައް ބުނެއެވެ.