English Edition
Dhivehi Edition
ފޮޓޯ: ޕޮލިސް އެމްވީ

އިއްޔެ ހުޅުމާލޭގެ ވިނަރެސް ފްލެޓް ކައިރީ ހިނގި ނުރައްކާތެރި އެކްސިޑެންޓްވި ކާރުގައި ތިބި ތިން މީހުން ވެސް ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ މި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން އުމުރުން 25 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރު ކޮށްފައިވާ ކަމަށާއި އަދި އުމުރުން 33 އަހަރުގެ ދިވެހި ފިރިހެނަކު ވެސް ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި ރޭ މި މައްސަލައިގައި ޝާމިލްވާ ތިންވަނަ މީހާވެސް ހައްޔަރުކޮށްފައިާވާއިރު ފުލުހުން ވަނީ މި ތިން މީހުންގެ ވަނަވަރުވެސް އާންމުކޮށްފައެވެ.

އެގޮތުން މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ

  • އިކްރާމުއް ރަހްމާން – ހ.ނޫރަންމާގެއާގެ
  • އިބްރާހީމް އިކްރާމް – މ.ލޭންޑްއޮފްގާޑަން
  • ޖިނާހު އިސްމާއީލް – ގ.ކަނޑުހުޅުދޫ، އާޒާދުގެ

މި އެކްސިޑެންޓުގެ ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނައިރު މި ވީޑިއޯއިން ފެންނަ ގޮތުގައި މަގުމަތީ ދުއްވާފައި ދިޔަ ސައިކަލެއް ވިނަރެސް ކައިރީ މަގުމަތީގައި މަޑުކުރުމަށް ފަހު ސައިކަލް ދުއްވި މީހާއަށް ނުފޭބި އުޅެނިކޮށް ފަހަތުން އައި ކާރު ކޮންޓްރޯލް އިން ނެއްޓި ބާރު ސްޕީޑުގައި ގޮސް ސައިކަލުގައިޖެހެއެވެ. އަދި އެއާއެކު ސައިކަލުގައި އިން މީހާ ވިއްސައިގެން ގޮސް މާ ދުރަށް ޖެހުނު މަންޒަރު ވީޑިއޯއިން ފެންނައިރު އެތަނުގައި ހުރި ގަހެއްގައި ކާރުން ޖެހި ގަސްވެސް ބިންދައިގެން ދެއެވެ،،