ދުނިޔެއަށް މިއައި ބޮޑު ބަދަލާއެކު އިންސާނުން މިވަނީ އާ ހަރުފަތަކަށް ދަތުރުކުރަން ފަށާފައެވެ. ޓެކްނޮލެޖީއާއި ސައިންސްގެ ދާއިރާއަށް މިއައި ބޮޑު އިންގިލާބާއި އެކީ އިންސާނުން މިވަނީ މީގެ ގަރުނެއް ހައި ކުރިން ދުނިޔެ ދުވަހަކުވެސް ނުދެކޭ އަދި އަންނާނޭކަމަށް ހީވެސް ނުކުރާހާ މިންވަރަށް ކުރިއަރައިފައެވެ. މިހާރުގެ އިންސާނުން ކަންކަން ކޮށްލަނީ އަތްފަޔަށް ބުރައެއް ނުކޮށް ނުލާހިކު ފަސޭހައިންނެވެ. މިބަދަލު އައީކީ ހަމައެކަނި އިންސާނުންގެ ވަށައިގެންވާ މާހައުލަށް އެކަންޏެއް ނޫނެވެ. މިބަދަލު އިންސާނުންނަށްވެސް އައިސްފައިވާކަން މިއީ ތެދު ޙަގީގަތެކެވެ.
ކުރިޔާ ހިލާފަށް އިންސާނުން މިވަނީ ފަސޭހަގޮތްތައް ހޯދައި ޙަރަކާތްތެރިވުމުން ދުރަށް ގޮސްފައެވެ. މީގެ އެއް ހެއްކަކީ އިންސާނުންގެ ހަށިގަނޑަށް މިއައި ބޮޑު ބަދަލު، އާދެ ކަންނެތް ކަމާއި ލިބުނު އުފަލެއްގެ ސަބަބުން ބަރުދަން އިތުރުވެ ބަލިތަކާއި ހަނގުރާމަކުރަން ފަށާފައިވުމެވެ. ބަރުދަން ލުއި ކުރުމަކީ އުނދަގޫ ކަމެއް ކަމަށް ހީކުރެވިފައި އޮތް ނަމަވެސް އެއީ ކުންހީއެއްކަން “ކްލިނިކަލް ޖާނަލް އޮފް ބަޔޯ ކެމިސްޓްރީ” މިފޮތުން ވަނީ ކަށަވަރުކޮށްދީފައެވެ. މިފޮތުގައި ވާގޮތުން މިހާރު އެންމެ ގިނަ މީހުން ކަންބޮޑުވާ އެއްކަންތައް،ފަލަވުން ކޮންޓްރޯލްކޮށްދޭ އެއްޗެއްގެ ގޮތުގައި ލުނބޯ މިވަނީ ހިމެނިފައެވެ.
ލުނބޮލަކީ ސިޓްރިކް(ހުތް) މޭވާ އަކަށް ވެފައި މިއީ ހަށިގަނޑަށް ވަރަށް މުހިންމު ދެކަމެއް ކޮށްދޭ އެއްޗެކެވެ. އެގޮތުން ލުނބޯ ބޭނުންކުރެއްވުމުނަ ބަރުދަން ލުއިވެ ހަށިގަނޑުގެ އެތެރެ އެއްކޮށް ދޮވެދީ ސާފުކޮށްދެއެވެ. ލުނބޯ ޑައިޓް ކުރުމުގައި ބޭނުންކުރާނެ ވަރަށް ފަސޭގޮތެއް އޮވެއެވެ. މިގޮތުން 2 ހަފްތާ ވަންދެން ކޮންމެ ދުވަހަކު ލުނބޯ ވަކި ގޮތަކަށް ބޭނުންކުރެއްވުމުން ހަށިގަނޑު ރީތިވެ ބޭކާރު މަސްތައް ވިރިގެން ދާނެއެވެ.
ދެހަފްތާ ވަންދެން ލުނބޯ ބޭނުންކުރައްވާނެ ގޮތް:
ފުރަތަމަ ދުވަސް- އެއްޖޯޑު ފެނަށް އެއް ލުނބޯ ފިއްތައިގެން ބޯނީ
ދެވަނަ ދުވަސް – ދެޖޯޑު ފެނަށް ދެ ލުނބޯ ފިއްތައިގެން ބޯނީ
ތިންވަނަ ދުވަސް -ތިންޖޯޑު ފެނަށް ތިން ލުނބޯ ފިއްތައިގެން ބޯނީ
ހަތަރުވަނަ ދުވަސް-ހަތަރުޖޯޑު ފެނަށް ހަތަރު ލުނބޯ ފިއްތައިގެން ބޯނީ
ފަސްވަނަ ދުވަސް-ފަސްޖޯޑު ފެނަށް ފަސް ލުނބޯ ފިއްތައިގެން ބޯނީ
ހަވަނަ ދުވަސް-ހަ ޖޯޑު ފެނަށް ހަ ލުނބޯ ފިއްތައިގެން ބޯނީ
ހަތްވަނަ ދުވަސް-ދިހަ ޖޯޑު ފެނަށް ތިން ލުނބޯ ފިއްތައިގެން ބޯނީ.އަދި މިއަށް އެއް ސަމްސާ މާމުއި އަޅާނީ
އައްވަނަ ދުވަސް- ހަ ޖޯޑު ފެނަށް ހަ ލުނބޯ ފިއްތައިގެން ބޯނީ
ނުއަވަނަ ދުވަސް-ފަސް ޖޯޑު ފެނަށް ފަސް ލުނބޯ ފިއްތައިގެން ބޯނީ
ދިހަވަނަ ދުވަސް-ހަތަރު ޖޯޑު ފެނަށް ހަތަރު ލުނބޯ ފިއްތައިގެން ބޯނީ
އެގާރަވަނަ ދުވަސް-ތިން ޖޯޑު ފެނަށް ތިން ލުނބޯ ފިއްތައިގެން ބޯނީ
ބާރަވަނަ ދުވަސް-ދެޖޯޑު ފެނަށް ދެ ލުނބޯ ފިއްތައިގެން ބޯނީ
ތޭރަވަނަ ދުވަސް-އެއް ޖޯޑު ފެނަށް އެއް ލުނބޯ ފިއްތައިގެން ބޯނީ
ސާދަވަނަ ދުވަސް-ދެތަށި ފެނަށް ތިން ލުނބޯ ފިއްތައިގެން ބޯނީ.އަދި އެއް ސަމްސާ މާމުއި އަޅާނީ
މި ޑައިޓް ކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް
•މީގެ ނަތީޖާ ފެންނާނީ ކެއުމުގެ އެއްގަޑިއިރު ކުރިން ލުނބޯފަނި ބޭނުން ކުރުމުން
•ގެސްޓްރިކް މައްސަލަ ހުންނަ ފަރާތްތަކުން މި ޑައިޓް ކުރެއްވުމުގެ ކުރިން ޑޮކްޓަރުގެ އިރުޝާދު ހޯއްދެވުން ބުއްދިވެރި