English Edition
Dhivehi Edition

ރާއްޖޭގެ އިމާރާތްކުރާ ތަންތަނުގެ ސަލާމަތާއި ރައްކާތެރިކަމަށް ހަދަން ޖެހޭ ގަވައިދު އަންނަ ހަފުތާފައި އަންގާރަ ދުވަހަށް ނިންމައި އެޓާނީ ޖެނެރަލްގެ ލަފާ ހޯދަން ފޮނުވޭނެ ކަމަށް ނެޝަނަލް ޕްލޭނިން މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ .

މިނިސްޓަރު އަސްލަމް ވިދާޅުވީ މަސައްކަތުގެ ދާއިރާއިން އެ ގަވާއިދަށް ޚިޔާލު ހޯދުމަށް އާކިޓެކްޓް އެސޯސިއޭޝަނާއި އިންޖިނިއާސް އެސޯސިއޭޝަނަށް ފޮނުވާފައިވާ ކަމަށެވެ.އަދި މި ގަވައިދަށް ޚިޔާލު ހުށަހަޅަން އެ ދެ ޖަމިއްޔާއަށް ފުރުސަތު ދީފައި ވަނީ އަންނަ އާދީއްތަ ދުވަހާ ހަމައަށް ކަމަށް އަސްލަމް ވިދާޅުވިއެވެ.

މާލޭގައި އިމާރާތްކުރަމުން އަންނަ ތަންތަނުގައި ސަލާމަތީ ކަންތައްތައް ހުރި ގޮތް ބެލުުމުގެ ހާއްސަ މަސައްކަތެއް ޕްލޭނިން މިނިސްޓްރީން ފެށީ ހަދަމުން ދިޔަ އިމާރާތަކުން ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހި 7 އަހަރުގެ ކުޑަ އަންހެން ކުއްޖަކު މަރުވުމާ ގުޅިގެންނެވެ.. މިދިޔަ އާދީއްތަ ދުވަހު ހިނގި އެ ހާދިސާގައި މަރުވީ ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ ދެމަފިރިއެއްގެ ދަރިއެކެވެ.