English Edition
Dhivehi Edition

ބޮލީވުޑްގެ އެކްޓަރ ހަރްޝްވަރުދަން ކިމްޝަރްމާ އާ ރައްޓެހިވެގެން އުޅޭކަން ފުރަތަމަ ފަހަރަށް މީޑިއާ އަށް ހާމަކޮށްފިއެވެ.

މިދެތަރިން ވަރަށްގިނައިން ޕާޓީތަކުންނާ ރެސްޓޯރަންޓް ތަކުން އެކުގައި ފެނެއެވެ. ނަމަވެސް މިހާތަނަށް މިދެތަރިންގެ ގުޅުމާމެދު މީޑިއާ އަށް އެއްވެސް ވާހަކައެއް ހިއްސާކޮށްފައި މީގެކުރިން ނުވެއެވެ.

ހިންދީފިލްމް “ސަނަމް ތެރީކަސަމް” އިން ބޮލީވުޑަށް ތައާރަފްވި ހަރްޝްވަރުދަން 34އ ބުނީ، އޭނަގެ ދެވަނަ ފިލްމް “ޕަލްޓާން” ގެ މަސައްކަތް ކުރިދުވަސްވަރު އޭނައަށް އެންމެބޮޑަށް ސަޕޯޓް ދިން އެކަކީ ކިމްކަމަށެވެ. “ކިމް އަކީ ވަރަށްއަހަންނަށް ހެޔޮއެދޭ ރަނގަޅު މީހެއް، އަހަރެމެން އެކުގައި ތަންތަނުން ފެނުން އެއީ މައްސަލައެއްނޫން ދެމީހުން ރައްޓެހިވެގެން މިއުޅެނީ، އެއްވެސް ކަމެއް ސިއްރު ކުރާކަށް ބޭނުމެއްނޫން” ހަރްޝް ދާދިފަހުން ހިންދުސްތާނީ ޓައިމްސް އަށް ދިން އިންޓަވިއުއެއްގައި ބުންޏެވެ.

ކިމްއާއި ކުރީގެ ފިރިމީހާ އަލީ ޕަންޖާނީ

އުމުރުން 38 އަހަރު މިހާރުވެފައިވާ ކިމް ޝަރްމާ ބޮލީވުޑަށް ތައާރަފްވީ 2000 ވަނަ އަހަރު ނިކުތް އެންމެ ކާމިޔާބް އެއްފިލްމް ކަމަށް ވާ “މޮހައްބަތޭން” އިންނެވެ. ކިމްޝަރްމާ ވަނީ 2010 ވަނައަހަރު ކެންޔާގެ ވިޔަފާރި ވެރިއެއްކަމަށްވާ އަލީ ޕަންޖަނީ އާއި ކައިވެނިކޮށްފައެވެ. ނަމަވެސް 2016 ވަނަ އަހަރު އެކައިވެނި ވަނީ ރޫޅިފައެވެ.