English Edition
Dhivehi Edition

ގިނަ އަހަރުތަކެއްވަންދެން ކޮމަންވެލްތުގެ މެމްބަރެއްގެ ގޮތުގައި އޮތުމަށް ފަހު އެ ޖަމާއަތުން ރާއްޖެ ވަކިވެފައިވަނީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި 2016 ވަނަ އަހަރުގައިއެވެ.ނަމަވެސް އަލަށް އިންތިހާބުވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގެން އަލުން އެ ޖަމާއަތުގައި ބައިވެރިވުމަށް މިހާރު ވަނީ ރަސްމީކޮށް ހުށަހަޅުއްވައިފައެވެ.އަދި މިކަމަށް އެ ޖަމާއަތުންވެސް ވަނީ މަރުހަބާ ކިޔާފައެވެ.

މިގޮތުން ކޮމަންވެލްތްގެ ސެކެޓްރީ ޖެނެރަލް ޕެޓްރީސިއާ ސްކޮޓްލަންޑް އިއްޔެ ނެރުއްވި ބަޔާނެއްގައި ވަނީ ކޮމަންވެލްތުން ރާއްޖެ ވަކިވުމުން، އެ ނިންމުމަކީ ވަގުތީ ނިންމުމަކަށް ވާނެ ކަމަށް އޭރު ވެސް އޭނާ އުއްމީދު ކުރެއްވި ކަމަށެވެ. އަދި އަލުން އެ ޖަމާއަތާ އަލުން ގުޅުމަށް ރާއްޖެއިން ހުށަހެޅި ހުށަހެޅުމަށް މަރުހަބާ ކިޔާ ކަމަށާއި ރާއްޖޭގެ ސަރުކާރާއި ރައްޔިތުންނާ ގުޅިގެން މަސައްކަތް ކުރަން އެ ޖަމާއަތުން ތައްޔާރަށް އޮތް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

ކޮމަންވެލްތުގެ މެމްބަރު ގައުމެއްގެ ގޮތުގައި 34 އަހަރު ވަންދެން ރާއްޖެ އޮތުމަށް ފަހު އެ ޖަމާއަތުން ރާއްޖެ ވަކިވުމަށް އޭރުގެ ސަރުކާރުން ދެއްކި ސަބަބަކީ ރާއްޖޭގެ އެތެރޭގެ ކަންކަމާ ކޮމަންވެލްތުން ބެހުމެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެހެން ސިޔާސީ ލީޑަރުން ޖަލަށް ލާން ފެށުމާއި، އަސާސީ ބައެއް ހައްގުތަައް ސަރުކާރުން ހަނިކުރަން ފެށުމުން، އެކަމާ ދެކޮޅަށް ކޮމަންވެލްތުން އަޑު އުފުލި އެވެ. އެކަމަކު ކުރީގެ ސަރުކާރުން ގަބޫލުކުރީ އެއީ ރާއްޖޭގެ ދާހިލީ ކަންކަމާ ބެހެން ކަމަށެވެ.