English Edition
Dhivehi Edition

ތަރައްގީގެ އެކި ކަންކަމަށް ލޯނު ނެގުމާ އެމަނިކުފާނު އެއްވެސް އިރެއްގައި ދެކޮޅު ނޫން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ

މިއަދު ރައީސް ސޯލިހް ވިދާޅުވީ ލޯނު ނެގުމާއި ދެކޮޅު ނޫންކަމަށާއި މައްސަލަ އަކީ ބޮޑެތި އިންޓަރެސްޓް ރޭޓްތަކުގައި އަދި އަނބުރައި ނުދެއްކޭ މިންވަރުގެ ބޮޑެތި ލޯނުތައް ނެގުންކަމަށެވެދައުލަތަށް ބުރަވާ ގޮތަށް ލޯނު ނެގުމާ ދެކޮޅުކަން ހާމަކުރައްވަމުން ރައީސް ވިދާޅުވީ ހަ ޕަސެންޓް، އަށް ޕަސެންޓް އިންޓަރެސްޓް ރޭޓުގައި ލޯނު ނަގައި ފަސް އަހަރުން 10 އަހަރުން އެ ދައްކަން ޖެހުނީމާ އެއީ ބަޖެޓަށް ބޮޑު ބުރައެއްކަމަށެވެ.

މީގެއިތުރުން ރައީސް ވިދާޅުވީ އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، އެ ގައުމުން ރާއްޖެއަށް ދޭން އެއްބަސްވި 1.4 ބިލިއަން ޑޮލަރުގެ ލޯނުގެ އިންޓަރެސްޓް ރޭޓު ވަރަށް ބޮޑަށް ކުޑަވާނެކަމަށާއި އެ ލޯނު އަނބުރައި ދައްކަންޖެހޭ މުއްދަތު ވަރަށް ބޮޑަށް ދިގުވާނެކަމަށެވެ

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ބޮޑެތި ލޯނުތައް ނަގައިގެން ރާއްޖޭގައި ތަރައްގީގެ މަޝްރޫއުތައް ހިންގުމުން އޭރުގެ އިދިކޮޅު ފަރާތްތަކުން ވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ .