އިނގިރޭސި ލީގު ކަޕްގެ ކުއާޓާ ފައިނަލުގައި ރޭ ލެސްޓާ ސިޓީ އާއި މެންޗެސްޓަރ ސިޓީ ބައްދަލުކުރި މެޗު ކާމިޔާބުކޮށް މެންޗެސްޓަރ ސިޓީ މުބާރާތުގެ ސެމީފައިނަލުން ޖާގައެއް ހޯދައިފިއެވެ.
ސިޓީ މުބާރާތުގެ ސެމީފައިނަލުން ޖާގަ ހޯދާފައިވަނީ ރޭ ލެސްޓާގެ ދަނޑުގައި ކުޅުނު މެޗު ފުރިހަމަ ވަގުތު ހަމަވިއިރު 1-1 އިން އެއްވަރު ވެފައި އޮތުމުން ޕެނަލްޓީގައި 3-1 ލަނޑުން މެޗު ކާމިޔާބު ކޮށްގެންނެވެ.
ރޭގެ މެޗުގައި ސިޓީން ކާމިޔާބުކުރި ހަމައެކަނި ގޯލު 14 ވަނަ މިނެޓުގައި ކެވިން ޑި ބްރޭނާ ކާމިޔާބުކޮށްދިން އިރު މިއީ މިދިޔަ ސީޒަނުގައި ސިޓީއަށް މުހިއްމު ގޯލުތަކެއް ޖަހައިދިން ޑި ބްރޭނާ މި ސީޒަނުގައި ޖެހި ފުރަތަމަ ގޯލެވެ.
ރޭގެ މެޗުގައި ސިޓީއިން މެޗުގެ ފުރަތަމަ ހާފް ކޮންޓުރޯލް ކޮށްގެން ކުޅުނު ނަމަވެސް ދެވަނަ ހާފުގައި ލެސްޓާ އިން ވަނީ މެޗުގެ ކުޅުން ރަނގަޅުކޮށް 73 ވަނަ މިނެޓުގައި މާކް އޯލްބްރައިޓަންގެ ލަނޑުން މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ.
ރޭގެ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމް 1-1 ލަނޑުން އެއްވަރުވެފައި ވުމުން ނަތީޖާ ނެރުމަށް ކުޅުނު އިތުރު ވަގުތު 15 މިނެޓްގެ ދެ ހާފްގައި ވެސް ދެ ޓީމްއަށް ލަނޑެއް ޖެހިފައިއެއް ނުވެއެވެ.
ޕެނަލްޓީގައި ލެސްޓާއިން ޖެހި ހަތަރު ޕެނަލްޓީގެ ތެރެއިން ތިން ޕެނަލްޓީ ޒުވާން ކީޕަރު އަރިޔަނިޓް މުރިޗް ވަނީ މަތަކޮށްފައެވެ. ސިޓީން ޖެހި ޕެނަލްޓީތަކުގެ ތެރެއިން ރަހީމް ސްޓްލިން ޖެހި ޕެނަލްޓީ މަތިން ދިޔައިރު ގަބްރިއެލް ޖީސޫސް އާއި އޮލެކްސެންޑަ ޒިންޗެންކޯ އަދި އިލްކާއީ ގުންޑޮގާން ވަނީ ޕެނަލްޓީ ވައްދާލައިފައެވ
ލީގު ކަޕްގެ ކުއާޓާ ފައިނަލުގައި މިރޭވެސް ދެ މެޗު ކުޅޭނެއެވެ. އާސެނަލާއި ޓޮޓެންހަމް ހޮޓްސްޕާސް ވާދަކުރާއިރު އަމިއްލަ ދަނޑުގައި ޗެލްސީ ނުކުންނާނީ ބޯންމައުތާ ދެކޮޅަށެވެ.