English Edition
Dhivehi Edition

މިއަހަރު ރަޝިޔާގައި ބޭއްވުނު ދުނިޔޭގެ އެންމެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތް ކަމުގައިވާ ފީފާ ވޯލްޑް ކަޕްގެ ސްކޮޑުން ރަޑްޖާ ނައިންގޮލަން ބާކީ ކުރި ސަބަބު އެ ގައުމުގެ ކޯޗު ރޮބާޓޯ މާޓިނޭޒް ހާމަކޮށްފިއެވެ.

އިޓަލީގެ ރޯމާއަށް ކުޅޭ އެ ކުލަބް އަދި ކުރީގެ ބެލްޖިއަމް ޓީމްގެ އެންމެ މުހިންމު ކުޅުންތެރިޔާ ވޯލްޑް ކަޕް ނެގި ސްކޮޑްގައި ނުހިމެނުމުގެ ސަބަބުން ގައުމީ ޓީމަށް ކުޅުން ހުއްޓާލިއަކަން އިއުލާ ކުރުމުން އެކަމާއި ބެހޭގޮތުން މީޑިޔާ އާއި ފުރަތަމަ ފަހަރަށް ވާހަކަ ދައްކަމުން މާޓިނޭޒް ބުނީ އޭނާގެ ޓީމްގައި 12 ކުޅުން ތެރިންނަށް ކުޅެވޭނަމަ ޝައްކެއް ވެސް ނެތް ގޮތުގައި ނައިންގޮލާން ހިމަނާނެކަމަށެވެ.

މާޓިނޭޒް ބުނީ އޭނާ ސްކޮޑްއަށް ޓީމް ނަގަނީ ޖާރޒީ ބިއްދަރުގައި އޮންނަ ނަމަށް ނުވަތަ ކުރީގައި އެ ކުޅުންތެރިޔާ ކުޅެފައިވާ ކުޅުމަށް ބަލާފަ ނޫން ކަމަށާއި އޭނާއި އެކު ގައުމީ ޓީމްގައި ކުރާ މަސައްކަތަށް ބެލުމަށް ފަހުގައި ކަމަށެވެ.

ނައިންގޮލާން މިދިޔަ ސީޒަންގައި ރޯމާއަށް މޮޅު ކުޅުމެއް ދައްކާފައިވާއިރު އޭނާ ވަނީ ސްޕެއިންގެ ބާސެލޯނާ ޗެމްޕިއަންސް ލީގުގެ ކުއާޓާއިން ކަޓުވާލުމުގައި މުހިންމު ރޯލެއް އަދާކޮށްފައެވެ.ނައިންގޮލާން އާއި ނުލާއި ބެލްޖިއަމް ވޯލްޑްކަޕަށް ގޮސްފައިވައި ވާއިރު އެ ޓީމުން ވަނީ މުބާރާތުގެ ތިން ވަނަ ހޯދާފައެވެ.

“އަހަރެން ބެލްޖިއަމްއައި ކާމިޔާބު ހޯދަދޭން.އަހަރެން ކުޅުންތެރިންގެ ނަމަކަށް އެހެންނޫނީ އޭނާ ކުރީގައި ދައްކާ ކުޅުމަކަށް ނުބަލަން.އަހަރެން ބަލަނީ އަހަރެންނާއި އެކު މަސައްކަތް ކުރާއިރު ގަދަ އަޅައި މަސައްކަތް ކޮށް ޓީމަށް އަރަން މަސައްކަތް ކުރާ ކުޅުން ތެރިންނަށް”މާޓިނޭޒް ބުންޏެވެ.”ކޮންމެ ކޯޗެއްގެ ނިންމުމަކީވެސް އުނދަގޫ ނިންމުންތަކެއް.މިއީ ކޯޗުންގެ ބޭނުމަކީ.މިއީ އަހަރުމެންގެ ވަޒީފާއަކީ”މާޓިނޭޒް އިތުރަށް ބުންޏެވެ.

“ނައިންގޮލަން ޓީމަށް ނުނެގީ ޓެކްޓިކަލް ސަބަބަކާ ހުރެ.އަހަރެންނަށް އޭނާ ކުލަބްގައި ކުޅޭ ރޯލް އޭނާއަށް ދެވިދާނެ އަހަރެންގެ ޓީމްގައި ފަހަރަކު 12 ކުޅުންތެރިންނަށް ކުޅެވެންޏާ”މާޓީނޭޒް ބުންޏެވެ.