English Edition
Dhivehi Edition

ސ. ގަން ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި، މަސްތުވާތަކެއްޗާއެކު އުމުރުން 18 އަހަރަކު ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ

ގަމުގައި މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން މި މީހާ ހައްޔަރުކޮށްފައިވަނީ ޑިސެމްބަރ 16ވަނަ ދުވަހުގެރޭ 21:30 ހާއިރު ހިންގި މިއޮޕަރޭޝަނެއްގައެވެ. ގަން ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި މިއޮޕަރޭޝަންގައި، ގަން ވީއައިޕީ ޖެޓީ ސަރަޙައްދުން މިމީހާ ހުއްޓުވައި ބަލައިފާސްކުރިކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިވާ ކުޑަ ދަޅެއް ވަނީ ފެނިފައެވެ.

މިމައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާއިމެދު ގޮތެއްނިންމުމަށް ސ.ގަން މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާތަނެއްގައި ބެހެއްޓުމަށް ހަތް ދުވަހުގެ މުއްދަތެއްދީފައިވާއިރު މިމައްސަލަ ސ.ގަން ޕޮލިސް ސްޓޭޝަނުން ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.

.