އިޓާލިއަން ލީގުގައި ގައި ރޭ ރަށުން ބޭރުގައި ޓޮރިނޯ ކޮޅަށް ވައްދާލި ލަނޑާއި އެކު ދުނިޔޭގެ މޮޅު ކުޅުންތެރިޔާކަން ފަސް ފަހަރު ހޯދާފައިވާ ޕޯޗުގަލްގެ ތަރި ރޮނާލްޑޯ ޖުވެންޓަސް އާއި އެކު ތާރީހުގެ ތެރެއަށް ޖެހި ލައިފިއެވެ.
ރޭ ޓޮރިނޯ އާއި ވާދަކޮށް 0-1 ލަނޑުން ޔުވެންޓަސް މޮޅުވި މެޗުގައި ރޮނާލްޑޯ ކާމިޔާބު ކުރި ލަނޑަކީ ޔުވެންޓަސްގެ ތާރީހުގައި އެކުލަބުން ކާމިޔާބުކުރި 5000 ވަނަ ގޯލެއެވެ.
ރޭގެ މޮޅާއި އެކު ޔުވެންޓަސް 11 ޕޮއިންޓްގެ ލީޑެއް ދެވަނައިގައި އޮތް ނަޕޯލީގެ މައްޗަށް ނަގާފައިވާއިރު މިރޭ ރަށުން ބޭރުގައި ކަލިއާރީ ނަޕޯލީ ބައްދަލުކުރާ މެޗުން އެ ޓީމް މޮޅުވެއްޖެ ނަމަ މި ލީޑު 8 ޕޮއިންޓަށް ކުޑަ ވާނެއެވެ.
ރޭ ލީގްގައި ޔުވެންޓަސް އިން ކުޅުނު މެޗްގައި އެ ޓީމުން ކާމިޔާބުކުރި ހަމަ އެކަނި ލަނޑު ޖަހައިދިނީ މެޗުގެ 70 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ރޮނާލްޑޯއެވެ.މިއީ ރޮނާލްޑޯ މިސީޒަންގައި ޔުވެންޓަސްއަށް ކާމިޔާބުކޮށްދިން 12 ވަނަ ލަނޑެވެ. އަދި މިއީ ލީގުގައި އޭނާ ކާމިޔާބުކުރި އެގާރަ ވަނަ ގޯލެވެ
މިސީޒަންގައި ޔުވެންޓަސް މިހާތަނަށް ލީގްގައި ކުޅުނު އެއްވެސް މެޗަކުން ބަލިވެފައެއް ނުވެއެވެ. މިހާތަނަށް ކުޅުނު ސޯޅަ މެޗްގެ ތެރެއިން ފަނަރަ މެޗް އެޓީމުން ކާމިޔާބުކޮށްފައިވާއިރު އެ ޓީމަށް ހަމައެކަނި ޕޮއިންޓް ގެއްލުނީ ލީގްގެ ސާދަ ވަނައިގައި އޮތް ޖެނޯއާ އާއެކު ކުޅުނު މެޗް އެއްވަރުވުމުންނެވެ