English Edition
Dhivehi Edition

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ޕްރައިމެރީއާ ދިމާކޮށް ގިނަ އަދަދެއްގެ ބަޔަކު އެމްޑީޕީއަށް ސޮއިކޮށްފައިވާއިރު، އެމްޑީޕީއަށް ސޮއިކޮށްފައިނުވާ ބައެއް މީހުން އެމްޑީޕީގެ ދަފްތަރުގައި ހިމެނިފައިވާ މައްސަލަތަކެއް ފެންމަތިވެއްޖެއެވެ

އެމްޑީޕީއަށް ސޮއިކޮށްފައި ނުވާ މީހުން އެ ޕާޓީގެ ދަފްތަރުގައި ހިމެނިފައިވާ މައްސަލަ ފެންމަތިވެފައިވަނީ އެޕާޓީ އާއި އަލަށް ގުޅުނު މެމްބަރުންގެ ލިސްޓު އާންމުކުރުމާ އެކުގައެވެ. މި މައްސަލަތަކާއި ގުޅިގެން ފިންގާ ޕްރިންޓް ވެރިފިކޭޝަންކޮށް މައްސަލަޖެހުނު ފޯމްތަކުގައިވާ ހެކިންގެ މައުލޫމާތު އާންމުކުރުމަށް އެމްޑީޕީގެ މެމްބަރުންވެސް ވަނީ ގޮވާލާފައެވެ

މިދިޔަ ހަފްތާގައި އެމްޑީޕީއިން ބުނެފައިވަނީ އެ ޕާޓީ އާއި އަލަށް ގުޅުނު މެމްބަރުންނާ އެކު އެ ޕާޓީގެ މެމްބަރުންގެ އަދަދު 81،000 އަށް ވުރެގިނަކަމަށެވެ.އެމްޑީޕީއިން ބުނެފައިވަނީ މަޖިލިސް އިންތިހާބުގެ ޕްރައިމެރީއާ ދިމާކޮށް 33،000 އަށް ވުރެ ގިނަ މެމްބަރުން ޕާޓީއަށް ވަނުމަށް ފޯމު ހުށަހަޅާފައިވާކަމަށެވެ .

ޓެގު