English Edition
Dhivehi Edition

ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވެރިކަމާއި ހަވާލުވެގެނެ ކުރައްވާ ފުރަތަމަ ރަސްމީ ދަތެރުފުޅުގައި ވަޑައިގަންނަވަން ހަމަޖެހިފައިވަނީ އަވައްޓެރި އިންޑިޔާއަށެވެ. މިދަތުފުޅާއިބެހޭގޮތުން ވާހަކަދައްކަވަމުން ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވީ ރައީސް ދިވެހިންނަށް އިންޑިއާއިން ވިސާގެ ލުއިތަކެއް ދިނުމަށް އެއްބަސްވުމެއްގައި ސޮއިކުރަށްވާނެ ކަމަށާއި މި އެއްބަސްވުމަކީ ދެ ޤައުމުގެ ދެމެދުގައި އޮންނަ ގާތްގުޅުން އިތުރަށް ބަދަހިކުރަން އުފެދިގެން ދާނެ އާ ދޮރެއް ކަމަށް ޝާހިދު ވިދާޅުވިއެވެ.

އިންޑިޔާއަކީ ރާއްޖޭގެ އަވައްްޓެރި ޤައުމަކަށް ވެފައި އެ ޤައުމުގައި ދިވެހި ރާއްޖޭގެ އެތައް ރައްޔިތުން އެކި ކަންކަމުގައި ގޮސްފައި އެބަ ތިއްބެވެ. އަދި މި އެއްބަސްވުމުގެ ސަބަބުން އިންޑިޔާއަށް ދަތުރުކުރާ އަދި އިންޑިޔާގައިތިބި ދިވެހީންނަށް އެތައް ލުއި ފަސޭހައެއް ވާނޭ ކަމަށް މިނިސްޓަރ ޝާހިދް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ކުރީ ސަރުކާރުގައި ބައެއް ދަރިވަރުންގެ ބެލެނިވެރިންނަށް ވިސާއެއް ނުލިބުނުކަމަށާއި ވިސާގެ ހިތްދަތިކަން އެ އާއިލާތަކުން ތަހައްމަލުކުރިކަމަށެވެ. އަދި ހުރިހާ މީހުންނަކީ ދަރިން ސިންގަޕޫރަށް ފޮނުވުމުގެ ކުޅަދާނަކަން ހުރި ބައެއް ނޫންކަމަށް ޝާހިދް ވިދާޅުވިއެވެ.