English Edition
Dhivehi Edition

އާސެނަލްގެ ޑިފެންޑަރު ލައުރެންޓް ކޮޝިއެލްނީ އަނިޔާއިން ރަނގަޅުވެ އަލުން އެނބުރި އާސެނަލްގެ ފަރިތަކުރުން ތަކާއި ގުޅިއްޖެއެވެ.

އަނިޔާގެ ސަބަބުން ހަ މަސްދުވަހަށް ފަހު އަލުން ކުޅުމުގެ ތެރެއަށް އޭނާ އައިސްފައިވާއިރު މި އަހަރުގެ މެއި މަހުން ފެށިގެން ކޮޝިއެލްނީ ކުޅެފައެއް ނުވެއެވެ.

މިދިޔަ ހަފްތާގައި 21 އަހަރުގެ ދަށުގެ ޓީމަށް މެޗެއް ކުޅެދިން ކޮޝިއެލްނީ ޔޫރޮޕާ ލީގުގައި އާސެނަލާއި އަޒަރުބައިޖާންގެ ގަރަބާގްއާ ވާދަކުރާ މެޗުގައި ފެނިދާނެ ކަމުގެ ފުރުސަތު ބޮޑު ކަމަށް ކޯޗު އުނާއީ އެމެރީ ވަނީ ބުނެފައެވ

ޔޫރޮޕާ ލީގުގެ ގްރޫޕް އީ ގެ އެއް ވަނައިގައި އާސެނަލް އޮތް އިރު އެޓީމަށް މިރޭގެ މެޗުން ކޮންމެ ނަތީޖާއެއް ނުކުތަސް ގެއްލޭނެ އެއްޗެއް ނެތެވެ. 13 ޕޮއިންޓާއެކު އެޓީމު ގްރޫޕުގެ އެއް ވަނަ ޔަގީން ކޮށްފައިވާއިރު ދެ ވަނައިގައި އޮތީ 10 ޕޮއިންޓް ލިބިފައިވާ ސްޕޯޓިން ލިސްބަން އެވެ

މިރޭ މެޗުގައި ކުޅުނަސް ހަފްތާ ބަންދުގައި ޕްރިމިއާ ލީގުގައި ސައުތެމްޓަންއާ ދެކޮޅަށް ކުޅޭ މެޗުގައި ކޮޝިއެލްނީ ފެންނާނެ ކަމުގެ ޔަގީންކަން ނުދެވޭނެކަމަށް އެމެރީ ބުންޏެވެ.

އަނިޔާގެ ސަބަބުން ކޮޝިއެލްނީ އަށް ވަނީ މިއަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރި ފްރާންސް ޓީމުންވެސް ފުރުސަތު ގެއްލިފައެވެ. އެހެން ނަމަވެސް ވޯލްޑް ކަޕް ދުވަސްވަރު އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުންނަން ޖެހުމުން ނަފްސާނީ ގޮތުން އަސަރު ކުރިކަމަށް ކޮޝިއެލްނީ ވަނީ މިދިޔަ އޮކްޓޫބަރު މަހު ބުނި ކޮޝިއެލްނީ ވަނީ ވޯލްޑް ކަޕް ކާމިޔާބު ކުރި ގައުމީ ޓީމްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް އަނިޔާގައި ހުރި ދުވަސްތަކުގައި ކަންތަށް ކޮށްފައިވަނީ ވަރަށް ގޯސްކޮށް ކަމަށް ބުނެ ގައުމީ ޓީމަށް ކުޅުން ހުއްޓާލާފައެވެ.

ޓެގު