English Edition
Dhivehi Edition

ހޯމް މިނިސްޓަރ މިއަދު ކުރެއްވި ޓުއީޓެއްގައި ވިދާޅުވީ ޤާނޫނުގެ ކުރިމަތީގައި އެންމެން ހަމަހަމަވާނޭ ކަމަށާއި ޤާނޫނުގެ ބާރު އެންމެންގެ މައްޗަށް ހިނގާނޭ ކަމަށެވެ.ހޯމް މިނިސްޓާރ މިހެން ވިދާޅުވިއިރު މިހާރު ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ފުލުހަށް ހާޒިރު ކޮށްފައެވެ. އެމަނިކުފާނު ފުލުހަށް ހާޒިރުކުރީ ގަވާއިދާ ޚިލާފަށް މާލީ މުއާމަލާތްތަކެއް ހިންގެވި ކަމަށް ތުހުމަތުކޮށެވެ.

އަދާލަތް ޕާޓީގެ ރައީސްކަންވެސް ކުރަށްވަމުން ގެންދަވާ ޝެއިހް އިމްރާމްގެ ޓުއީޓްގައި ދެން ވިދާޅުވީ ރައްޔިތުންނަށް ލިބިފައިވާ އަނިޔާތަކަށް އިންސާފު ހޯދުމާއި ރައްޔިތުންގެ މާލިއްޔަތުން ނުހައްގުމަގުން ގެއްލިފައިވާ މުއްސަނދިކަން އަނބުރާ ހޯދުމަކީ ބޮޑު އަމާޒެއް ކަމަށެވެ.ނިންމާލައްވަމުން ވިދާޅުވީ ތުހުމަތުތަކަށް ޖަވާބުދާރީވާން ޖެހޭނެ ކަމަށެވެ.

ރައީސްކަމުގައި ހުންނަވައިގެން ޤާނޫނާ ޙިލާފަށް މާލީ މުއާމަލާތްތަކެއް ކުރީގެ ރައީސް ޔާމީން ހިންގެވިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދައުލަތުގެ އިދާރާތަކުން ހުށަހަޅައިގެން ބަލަމުން އަންނަ ކަމަށް ފުލުހުން ރޭ ވަނީ ވިދާޅުވެފައެވެ.މިގޮތުން ރައީސް ޔާމީންގެ މައްސަލަ ފުލުހަށް ހުށަހެޅީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުންނެވެ.