ފާއިތުވެ ދިޔަވެރިކަމުގައި އިންޑިއާ އާއި ރާއްޖެއާ ދެމެދު ގުޅުން ގޯސްވެ އެކަމުގެ ގެއްލުމާއި ދިވެހިން ކުރިމަތިލާން ޖެހުނީ އިންތިހާ އަށެވެ. ދިވެހިން އެންމެ ގިނައިން ބޭސްފަރުވާއަށް އަދި ކިޔަވަން ދާ އެއްގައުމަކީ އިންޑިއާ އަށް ވީއިރު ނިމިދިޔަ ވެރިކަމުގައި ދިވެހިންނަށް ވަނީ ވިސާގެ މައްސަލަ ވަރަށް ބޮޑަށް ކުރިމަތިވެފައެވެ.
ރައިސްޔާމީންގެ ވެރިކަމުގައި އިންޑިއާ އާއި ދިވެހިރާއްޖެއާއި އޮތް ގުޅުން ކަނޑާލުމުން ވިސާ ލިބިމުގެ ދަތިތަކާއި ކުރިމަތިވެ އެމްބަސީއަށާއި ފޮރިން މިނިސްޓްރީއަށް އެތައް ޝަކުވައެއް ހުށަހެޅިފައި ވެއެވެ.
ރައީސް އިބްރާހިމް ސޯލިހް ގެ ވެރިކަން ފެށުމާއެކު ފޮރިންމިނިސްޓަރ އަބްދުއްﷲ ޝާހިދުވަނީ މަގާމާ ހަވާލު ވެވަޑައިގެން އިންޑިއާ އަށް ވަޑައިގެން ވިސާގެ މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރައްވާފައެވެ. އިންޑިއާއަށް ކުރެއްވި ދަތުރުފުޅަށްފަހު ޝާހިދު ވިދާޅުވެފައި ވަނީ ރާއްޖެ އާއި އިންޑިއާއި ދެމެދު ފާއިތުވެދިޔަ އަހަރުތަކުގައި ދަތި ދުވަސްތަކެއް ތަހައްމަލުކޮށްފައިވާ ކަމަށާއި އެކަންކަން ރަނގަޅުކޮށް ދެ ގައުމުގެ ވިސާގެ ކަންކަން ހަރުދަނާކޮށް ކުރިއަށް އޮތް ދުވަސްތަކުގައި ދެ ގައުމުގެ ރައްޔިތުންނަށް ލުއި ގޮތްތަކެއް ލިބިގެންދާނެ ކަމުގެ އުންމީދު އެބަ އޮތް ކަމަށެވެ. އެގޮތުން ޝާހިދު ކުރެއްވި ޓްވީޓެއްގައި ވަނީ ރައީސް އިބްރާހިމް ސޯލިހް އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގައި ވިސާގެ ބޮޑެތި ލުއިތަކެއް ދިވެހިންނަށް ލިބޭ އެއްބަސްވުމެއްގައި ރައީސް ސޮއިކުރައްވާނެ ކަމަށްވެސް ވިދާޅުވެފައެވެ.
ޑިސްމަބަރ މަހު 17 ވަނަ ދުވަހު ރައީސް އިންޑިއާ އަށް ކުރައްވާ ދަތުރުފުޅު ގައި ރާއްޖެ އާއި އިންޑިއާއާ ދެމެދު އާ ވިސާ އެގްރިމެންޓެއް ރާއީސް ސޯލިހުގެ އިންޑިއާ ދަތުރުފުޅުގައި ސޮއި ކުރެވިގެންދާއިރު ވިސާގެ ލުއި ފަސޭހަކަން އިންޑިއާގައި ދިރިއުޅެމުންގެންދާ ދިވެހިންނަށާއި ކިޔަވާ ކުދިންގެ އިތުރުން ބޭސްފަރުވާއަށް ދާ ފަރާތްތަކަށް ފަސޭހަތައް ވެގެންދާނެ ކަމަށް ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.
ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން އިންޑިއާ އާއި ދިވެހިރާއްޖެ އާއި އޮތް ގުޅުން ގޯސްކޮށްފައި ވަތީ ވިސާލިބުމުގެ ދަތިތައް ދިވެހީންނަށް ދިމާވެ އުނދަގޫ ދުވަސްތަކަކާ ކުރިމަތިލާން ޖެހިފައި ވެއެވެ. ނަމަވެސް އާސަރުކާރުން މިފަދަ ދަތިތައް ހައްލުކޮށް ދިނުމަކީ ސަރުކާރުން ރައްޔިތުންނަށް އެންމެހައި ލުއި ފަސޭހަގޮތް ހޯދަދޭނެ ކަމުގެ ނިޝާނެއް ކަމުގައި ރައްޔިތުން ދެކޭނެ ކަމާމެދު ޝައްކެއް ވެސްނެތެވެ.