English Edition
Dhivehi Edition

އައްޑޫސިޓީ ހުޅުމީދޫ ގެއަކުން ވަގަށްނަގާފައި ވާތަކެތި ކަމަށް ބެލެވޭ ތަކެތި ހޯދައި މީހަކު ހައްޔަރު ކޮށްފިއެވެ.

މިމައްސަލާގައި ހައްޔަރު ކޮށްފައިވަނީއުމުރުން 32 އަހަރުގެ ފިރިހެނެކެވެ.

ފުލުހުން ވިދާޅުވީ، ސ.ހުޅުމީދޫގެ ގެއަކުން ވައްކަން ކޮށްފައިވާކަމަށް މި ޑިސެމްބަރ 10 ވަނަ ދުވަހު ހުޅަހަޅާފައިވާ މައްސަލަައާ ގުޅިގެން، ސ.ހުޅުމީދޫ ޕޮލިސް ސްޓޭޝަނުން ހިނގި އޮޕަރޭޝަނެއްގައި، ކޯޓުއަމުރެއްގެ ދަށުން މި މީހާ ދިރިއުޅޭގެ ބަލާފާސްކުރުމުން ވަގަށް ނަގާފައިވާކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށެވެ.

މިމައްސަލަ ސ.ހުޅުމީދޫ ޕޮލިސް ސްޓޭޝަނުން ދަނީ އިތުރަށް ތަހްޤީގު ކުރަމުންނެވެ.