English Edition
Dhivehi Edition

62 އަހަރުގެ ތެރޭސާ މޭއިގެ އިތުބާރުނެތްކަމުގެ ވޯޓުން އޭނާ ސަލާމަތްވެއްޖެއެވެ.

އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ތެރޭސާ މޭއިގެ އިތުބާރު ނެތްކަމަށް ވޯޓުދިނީ 117 މެމްބަރުންނެވެ. އަދި އެކަމާ ދެކޮޅަށް 200 މެމްބަރުން އެކަމަނާޔަށް ތާއީދު ކުރަށްވާ ވޯޓުދެއްވިއެވެ. މިއީ އެކަމަނާ ނިސްބަތްވެވަޑައިގަންނަވާ ކޮންޒަވޭޓިވް ޕާޓީގެ މެމްބަރުގެ މެދުގައި ނެގުނު ސިއްރު ވޯޓެކެވެ.

ބޮޑުވަޒީރު މޭ ގެ އިތުބާރުނެތްކަމުގެ ވޯޓެއް ނަގަން އެކަމަނާ ނިސްބަތްވެ ވަޑައިގަންނަވާ ކޮންޒަވޭޓިވް ޕާޓީގެ މެމްބަރުން ނިންމީ މޭ ޔޫރަޕިއަން ޔޫނިއަން(އީޔޫ) އިން އިނގިރޭސިވިލާތް ވަކިވުމަށް އެކުލަވާލި އެއްބަސްވުމާއި ގުޅިގެން ހިތްހަމަނުޖެހިގެންނެވެ.

މޭގެ މި އެއްބަސްވުމުގައި ހުށައަޅާފައިވާ ކަންތައްތަކުގެ ތެރޭގައި ކަސްޓަމްސް ޗެކު ކުރާ ބޯޑަރު ޕޯސްޓުތަކާއި ދެކުނު އަޔަލަންޑުގެ ބޯޑަރުގައި އިނގިރޭސި ޗެކް ޕޮއިންޓެއް ގާއިމުނުކުރުމަށް ހިމަނާފައިވުމަކީ، އީޔޫއިން ވަކިވި ނަމަވެސް، އެ އިއްތިޙާދުގެ ގަވާއިދުތަކަށް ތަބާވާންޖެހުން ކަމުގައި، މޭ އާ ދެކޮޅު ޕާލިމަންޓް މެމްބަރުން ވަނީ ސިފަކުރައްވާފައެވެ. އަދި މި އެއްބަސްވުމަކީ އިނގިރޭސިވިލާތް އީޔޫ އިން ވަކިވުމަށްފަހު ދެ ފަރާތުން ވެސް އަމަލު ކުރަންޖެހޭ ކަންތައްތައް ކަނޑައެޅުމަށް އެކުލަވާލެވޭ އެއްބަސްވުމެކެވެ.