English Edition
Dhivehi Edition

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް އައްޑޫ ސިޓީއަށާއި، ފުވައްމުލަކު ސިޓީއަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު އައްޑޫއަށް ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މި ދަތުރުފުޅުގައި އައްޑޫ ސިޓީގެ ބައެއް މުޢައްސަސާތަކަށާއި ފުވައްމުލަކު ސިޓީގެ ބައެއް މުޢައްސަސާތަކަށް ޒިޔާރަތްކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ

މި ދަތުރުފުޅުގައި ފައިސަލް ހުޅުދޫ- މީދޫއަށް މިއަދު މެންދުރުފަހު 14:00 ގައި ވަޑައިގަތުމަށް ހަމަޖެހިފައިވާއިރު މި ދަތުުރުގައި އެ ރަށުގެ ސިއްޙީ މަރުކަޒުގެ ހާލަތު ބެލުމަށްވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ހިތަދޫ ރީޖަނަލް ހޮސްޕިޓަލާއި، ހިތަދޫގައި އަލަށް ހަދަމުން އަންނަ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލްގެ މަސައްކަތް ބައްލަވާލެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މިއީ ނައިބު ރައީސްގެ މަގާމަށް އިންތިހާބުވެ ވަޑައިގަތުމަށްފަހު ފައިސަލް އައްޑޫ ސިޓީއަށްކުރައްވާ ފުރަތަމަ ދަތުރުފުޅެވެ