English Edition
Dhivehi Edition

އިނގިރޭސި ޕްރިމިއަ ލީގުގައި މިސީޒަންގައި މެޗަކުން ބަލިނުވެ ލީގުގައި މިސީޒަންގައި މެންޗެސްޓާ ސިޓީން ދަމަހައްޓަމުން އައި ރެކޯޑަށް ޗެލްސީން ނިމުމެއް ގެނެސްފި އެވެ.

މިސީޒަންގައި ޕްރިމިއާ ލީގުގައި މޮޅު ކުޅުމެއް ދައްކައި ބަލިނުވެ 15 މެޗު ހަމަކޮށްފައިވާ މެންޗެސްޓާ ސިޓީ ޗެލްސީ އަތުން ބަލިވީ ޗެލްސީގެ އަމިއްލަ ދަނޑުގައި 2-0 ގެ ނަތީޖާއަކުންނެވެ.

ޗެލްސީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ޗެލްސީއިން އެޓީމް މޮޅުވި ލަނޑުތައް ކާމިޔާބުކޮށްފައިވަނީ މެޗުގެ 45 މިނެޓް އާއި މެޗުގެ 78 ވަނަ މިނެޓްގައެވެ.

މި މޮޅާއެކު ޗެލްސީ ތާވަލުގެ ތިން ވަނާގައި 34 ޕޮއިންޓާއެކު އޮތްއިރު މެޗުން ބަލިވެ މެންޗެސްޓާ ސިޓީ ވަނީ ތާވަލުގެ 2 ވަނަ ޓީމުގެ މަގާމަށް ވެއްޓިފައެވެ. ދެވަނާގައި އޮތް ސިޓީއަށް 16 މެޗުން 41 ޕޮއިންޓު ލިބިފައިވާއިރު ލިވަޕޫލުން ފުލަމްގެ މައްޗަށް ކުރި ހޯދައި 42 ޕޮއިންޓާއެކު ތާވަލުގެ އެއް ވަނައަށް ޖެހިލާފައެވެ.