English Edition
Dhivehi Edition

އިންޑިއާގެ ކަނޑުގެ ސިފައިންގެ ބޮޑު މަނަވަރެއް މިއަދު ރާއްޖެ އަތުވެއްޖެއެވެ.މިއަދު ރާއްޖެއަށް އައިސްފައިވަނީ އިންޑިޔާގެ އައިއެންއެސް “ރަނާ” ކިޔާ މަނަވަރެކެވެ.އެމްއެންޑީއެފައިން ބުނީ އިންޑިއަން ނޭވަލް ޝިޕް (އައިއެންއެސް) “ރަނާ” ރާއްޖެއަށް ކުރާ މި ދަތުރުގައި، ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ކަނޑުގެ ސަރަޙައްދުގައި އެމްއެންޑީއެފް ކޯސްޓްގާޑާ ގުޅިގެން ސަވައިލަންސް ޕެޓްރޯލް ކުރާގޮތަށް ހަމަޖެހިފައިވާކަމަށެވެ.

އެމްއެންޑީއެފް ހާމަކުރާގޮތުގައި މި ޕެޓްރޯލަކީ، ދިވެހިރާއްޖޭގެ ކަނޑައެޅޭ ވަކި ސަރަޙައްދުގައި ސިލްސިލާކޮށް ހިންގަމުންދާ ޕެޓްރޯލްތަކުގެ ތެރެއިން ހިންގޭ ޕެޓްރޯލެއް ކަމަށެވެ. އަދި މި ސަވައިލަންސް ޕެޓްރޯލްގައި ރާއްޖޭގެ ޚާއްޞަ އިޤްތިސާދީ ސަރަޙައްދުގައި ޤާނޫނާއި ޤަވާޢިދާ ޚިލާފަށް ކަނޑުމަތީގެ އެއްވެސް ކަމެއް ހިނގާތޯ ބެލުމަށްވެސް ހަމަޖެހިފައިވާކަމަށް އެމްއެންޑީއެފްއިން ބުނިއެވެ.
މި ސަވައިލަންސް ޕެޓްރޯލް ނިންމާލުމަށްފަހު އައިއެންއެސް “ރަނާ” ރާއްޖެއިން ފުރުމަށް ހަމަޖެހިފައިވަނީ ޑިސެންބަރު މަހުގެ 14 ވަނަ ދުވަހުއެވެ.

އިންޑިޔާގެ ކަނޑުގެ ސިފައިން މީގެ ކުރިންވެސް ރާއްޖެއަށް އައިސް ވަނީ ރާއްޖޭގެ އަސްކަރިއްޔާ އާ އެކު ފަރިތަކުރުންތަކެއް ކުރިއަށް ގެންގިސްފައެވެ.