English Edition
Dhivehi Edition
ފޮޓޯ:ވަގުތު އިމޭޖްސް

މާލެޔަށް ވެހުން ވިއްސާރައިގެ ސަބަބުން ފެން ބޮޑުވެ ގެތަކަށާއި އެހެނިހެން ތަންތަނަށް ލިބުނު ގެއްލުންތައް ބެލުމަށް ހެދި އެސެސްމެންޓްއިން ދައްކާ ގޮތުގައި މާލޭގެ 6 ގެއަކަށް ވަރަށް ބޮޑަށް ގެއްލުންވެފައިވާކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް ސެންޓަރުން ބުނެފިއެވެ.އެންޑީއެމްސީ އިން ބުނީ މި ހާދިސާގައި މުޅިއެކު 1.2 މިލިއަން ރުފިޔާއަށްވުރެ ބޮޑު ގެއްލުންވެފައިވާކަމަށެވެ.

މިއަދު އެންޑީއެމްސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެންޑީއެމްސީއިން ބުނީ 214 ގެއަކަށް ގެއްލުންވެފައިވާކަމަށާއި މީގެތެރެއިން 170 ތަނެއްގެ އެސެސްމެންޓް ހެދިފައިވާކަމަށެވެ.

އެންޑީއެމްސީއިން ވިދާޅުވީ ދިވެހި ރެޑް ކްރެސަންޓާއި ސިއްހީދާއިރާގެ ޓީމެއް ގެއްލުންވި ތަންތަނަށް ޒިޔާރަތްކޮށް ސާފުކޮށް ސިއްޙީ ކަމެއް ދިމާވެދާނެތީ އާއިލާއަށް އިންސްޓްރަކްޝަން ދީފައިވާ ކަމަށާއި ރިލީފް އެހީގެ ގޮތުގައި ގޮދަޑި އާއި ބާލިސް އަދި އަންނައުން ފޯރުކޮށް ދީފައިވާ ކަމަށެވެ. އަދި ބާކީ ހުރި ގެތަކަށްވެސް ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ސާމާނު ދީފައިވާނެ ކަމަށް އެންޑީއެމްސީއިން ވިދާޅުވިއެވެ.