English Edition
Dhivehi Edition
ރާއްޖެ ސާފުކުރުމުގެ ޕްރޮގްރާމް އަމަލީ ގޮތުން ރައީސް ފައްޓަވައި ދެއްވަނީ -- -- ފޮޓޯ/ ރައީސް އޮފީސް

މި ސަރުކާރުގެ 100 ދުވަހުގެ ތެރޭގައި ކުރަން ނިންމާފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ މުޅި ރާއްޖެ ސާފުކުރުމުގެ ކެމްޕޭނެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފައްޓަވައި ދެއްވައިފި އެވެ

މިއަދު ހެނދުނު ރާއްޖޭގެ އެކި ރަށްރަށުގައިވެސް މި ޕްރޮގްރާމް ފަށާފައިވާއިރު، މާލެ މާފަންނު ޓާފްދަނޑު ކައިރި ސާފްކުރުމަށް ރައީސް ސޯލިހުގެ އިތުރުން ނައިބު ރައީސް ފައިސަލް ނަސީމް އާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ

ކެމްޕޭން ފައްޓައި ދެއްވުމުގެ ގޮތުން ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، ރާއްޖެ ސާފުތާހިރު ހިތްގައިމު ތަނެއްގެ ގޮތުގައި ދެމެހެއްޓުމުގެ މަސައްކަތް އެންމެން އެކުގައި ފަށަން ޖެހިފައިވާކަމަށާއި ވެށި ސާފުކުރުމަށް ދިވެހިން ތެރޭގައި ކުރިން އޮންނަ ރޫހު އަލުން އާކުރަން ޖެހޭކަމަށެވެ

ސާފު ރާއްޖެ، އަހަރެންގެ ވެސް ޒިންމާ” މި ޕްރޮގްރާމް މުޅި ރާއްޖޭގައި ގައުމީ ފެންވަރެއްގައި ހިންގުމަށް މި ސަރުކާރުން ރާވާފައިވާއިރު މި ޕްރޮގްރާމްގެ ބޭނުމަކީ ރައްކާތެރި ގޮތުގައި ކުނި ނައްތާލުމަށް މީހުން ހޭލުންތެރި ކުރުވުމާއި ތަފާތު ވިހަ ކުނި ބުނިން ރާއްޖޭގެ މާހައުލު ހިމާޔަތް ކުރުމެވެ