English Edition
Dhivehi Edition

ގދ. އަތޮޅުގައި އެން ހިފަން ރޭ ފަތިހު ފީނަން އުޅުނު ތިން މަސްވެރިންގެ ތެރެއިން އެންމެ ހާލު ބޮޑުވި މީހާ ނިޔާވެއްޖެއެވެ

ގދ. ގައި އޮންނަ “އައުޓްރިގާ ކޮނަންޓާ މޯލްޑިވްސް ރިސޯރޓް” ކައިރިޔަށް ފީނަން ފޭބި 3 މީހުންގެ ތެރެއިން ނިޔާވީ ތިނަދޫ ހޮސްޕިޓަލްގައި ފަރުވާ ދެމުންދިޔަ 37 އަހަރުގެ އަމީތު ސައީދު އެވެ.

“ހުޝިޔާރު” ނަމަކަށް ކިޔާ ދޯނިން އެންހިފުމަށްޓަކައި ވައިފުޅި އަޅައިގެން ފީނަން ފޭބި ތިން މީހުންގެ ތެރެއިން އެކަކު ނިޔާވެފައިވާއިރު ސީރިއަސް ހާލަތެއްގައި މިހާރު އޮތް 24 އަހަރުގެ މަސްވެރިޔާ މާލެ ގެނައުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި އޭގެ ތެރެއިން ކުއްލި ފަރުވާ ދޭން ޖެހުނު 31 އަހަރުގެ ޒުވާނާގެ ހާލު ރަނގަޅަވަމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މި ޙާދިޞާގެ ރިޕޯރޓް އެމްއެންޑީއެފް ސަދަން އޭރިއާ އަށް އަންގާފައިވަނީ ގދ.ތިނަދޫ ޕޮލިސް ސްޓޭޝަނުން ފަތިހު 5:14 ހާއިރުއެވެ. މިކަމުގެ ރިޕޯރޓް ލިބުމާއި އެކު ގދ. ތިނަދޫ ސީ އެމްބިއުލާންސް ވަނީ މި ދޯނި އޮތް ސަރަހަށްދަށް ގޮސް ހާލު ދެރަ ތިން މީހުން އަރުވައިގެން މިއަދު ހެނދުނު 6:05 ހާއިރު ގދ. ތިނަދޫ އަށް ގެންގޮސްފައެވެ.

ފީނަން ފޭބި ތިން މީހުންގެ ތެރޭގައި ހިމެނެނީ ހުސް ދިވެހިންނެވެ.

އެމްއެންޑީއެފުން މައުލޫމާތު ދެއްވަވާ ގޮތުގައި އެންހިފުމަށް 4 މީހުން ފުޅި އަޅައިގެން ފީނުމަށް ފައިބާފައިވެއެވެ. އަދި މިމީހުން 44 މީޓަރަށް ވައި ފުޅި އަޅައިގެން 35 މިނިޓުވަންދެން ފީނާފައިވާކަމަށް އެ