English Edition
Dhivehi Edition

ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީން، މިހާރު އައްޑޫ ސިޓީއަށް ކުރައްވަވަމުން ގެންދަވާ ދަތުރުފުުޅުގައި އައްޑޫގެ ސިއްޙީ ޚިދުމަތް ދޭ ތަންތަނުގެ ހާލަތު ބައްލަވާލައްވަވައިފިއެވެ.

އައްޑޫސިޓީއަށް އިއްޔެގެ ވަގުތެއްގައި ވަޑައިގެން މިނިސްޓަރ އަމީން ވަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލާއި ، ހިތަދޫގައި އަމިއްލަ ފަރާތަކުން ހިންގާ އައިއެމްޑީސީ ހޮސްޕިޓަލަށް ޒިޔާރަތް ކުރައްވަވާފައެވެ. މީގެ އިތުރުން މަރަދޫ ސިއްހީ މަރުކަޒާއި އައްޑޫ ދަމަނަ ވެށީގެ އިތުރުން ފޭދޫ ސިއްހީ މަރުކަޒަށް މިނިސްޓަރ ވަނީ ވަޑައިގެންފައެވެ.

މިނިސްޓަރގެ މި ޒިޔާރަތުގައި އެތަންތަނުގެ މެނޭޖްމަންޓާއި އަދި މުވައްޒަފުންނާ ބައްދަލުކުރައްވަވައި ޚިދުމަތް ދިނުމުގައި ހުރި ދަތިތައް ވަނީ އޮޅުން ފިލުއްވަވާފައެވެ. މި ބައްދަލުވުންތަކުގައި މިނިސްޓަރ ވިދާޅުވެފައިވަނީ ޚިދުމަތް ދިނުމުގައި ހުރި ދަތިތަކަށް ޙައްލު ހޯދައިދިނުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރައްވާނެކަމަށެވެ. އެގޮތުން އައްޑުސިޓީގައި ލިބެންހުރި ސިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ސަރުކާރުން މަސައްކަތް ކުރާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

.ހެލްތް މިނިސްޓަރ އައްޑޫ ސިޓީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ޒިޔާރަތްކުރައްވާފައިވަނީ ސިޓީގެ ސިއްޙީ ޚިދުމަތްދޭ ތަންތަނުގެ ހާލަތު ބައްލަވާލެއްވުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައެވެ. މިނިސްޓަރގެ މި ދަތުރުފުޅުގައި، ރަށްރަށުގެ ސިއްޙީ ނިޒާމް މިހާރަށްވުރެ ހަރުދަނާކޮށް ކައުންސިލްތަކާ ގުޅިގެން ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުންވެސް މަޝްވަރާ ކުރައްވާނެއެވެ. އެގޮތުން މިހާރު ހުރި ދަތިތައް އޮޅުންފިލުވައި އެކަންކަން ހައްލު ކުރުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން އައްޑޫ ސިޓީ ކައުންސިލާއެކު މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވާކަމަށްވެސް ހެލްތް މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ..
މިނިސްޓަރ ގެ މި ދަތުރުފުޅުގައި މިއަދު މެންދުރުފަހު ހުޅުމީދޫ ސިއްހީ މަރުކަޒަށް ޒިޔާރަތް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.