ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިއަދު އައްޑު އަށް ވަޑައިގެން އައްޑޫގެ ސިއްހީ ދާއިރާގެ ކަންކަން ހުރި ނެތް ގޮތް ބެއްލުމުގެ މަސައްކަތް ފައްޓަވައިފި އެވެ
މިނިސްޓަރު މިއަދު މެންދުރުގެ ވަގުތެއްގައި އައްޑު އަށް ވަޑައިގެން އެންމެ ފުރަތަމަ ޒިޔާރަތް ކުރައްވާފައި ވަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗްއާރްއެޗް) އަށެވެ. އެ ހޮސްޕިޓަލްއަށް ވަޑައިގެން މެނޭޖްމަންޓާއި ސްޓާފުންނާ ބައްދަލު ކުރައްވައި، މި ވަގުތު ހޮސްޕިޓަލްގެ މަސައްކަތް ހިނގަމުންދާ ގޮތާއި ހުރި ދަތިތަކާއި މުވައްޒަފުންގެ ހުރި ކަންބޮޑުވުންތައް ވެސް މިނިސްޓަރ އަމީންވަނީ އޮޅުންފިލުއްވާފައިވެ އެވެ.
ދެ ދުވަހުގެ މުއްދަތަށް އައްޑު އަށް މިނިސްޓަރު ކުރައްވާ ދަތުރުގައި އައްޑޫގެ ޕަބްލިކް ހެލްތުގެ މަސައްކަތްތަކަށް ހާއްސަކޮށް މަރަދޫފޭދޫގައި ގާއިމުކޮށްފައިވާ ދަމަނަވެއްޓަށާއި މަރަދު އާއި ފޭދޫ ސިއްހީ މަރުކަޒަށް މިރޭ ވަޑައިގެން އެތަންތާގެ މުވައްޒަފުންނާ ވެސްވަނީ ބައްދަލުކުރައްވާފައެވެ
މާދަމާ މެންދުރު ފަހު މިނިސްޓަރު އަމީން ހުޅުމީދު އަށް ވަޑައިގެން އެރަށުގެ ސިއްހީ މަރުކަޒަށް ޒިޔާރަތް ކުރައްވައި މުވައްޒަފުންނާ ބައްދަލު ކުރައްވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.