ކުޅަދާނަ ބަތަލާ ޕްރިޔަންކާ ޗޯޕްރާ އަދި ހޮލީވުޑް ލަވަކިޔުންތެރިޔާ އަދި އެކްޓަރު ނިކް ޖޯނަސްގެ ކައިވެނީގެ ރަސްމިއްޔާތުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބައިވެރިވެ ވަޑައިގެންފިއެވެ
ނިކް އާއި ޕްރިޔަންކާގެ ކައިވެނިކުރުމުގެ ހަފްލާ ޖޯދްޕޫރްގައި ބާއްވާފައިވާއިރު ކައިވެނީގެ އުފަލުގައި ބޭއްވި ރަސްމިއްޔާތު އޮތީ ދިއްލީގައެވެ. މި ދެތަރިންގެ ކައިވެނީގެ އުފަލުގައި ބޭއްވި ރަސްމިއްޔާތުގައި ބައިވެރެވެ ވަޑައިގެން ދެ ތަރިންނަށް މޯދީ ދެއްވި ހަދިޔާއަކީ ފިނިފެންމަލެކެވެ. ވިރާޓް އާއި އަނުޝްކާގެ ކައިވެނީގެ ހަފްލާގައި އެ ދެތަރިންނަށްވެސް މޯދީ ދެއްވި ހަދިޔާއަކީ ފިނިފެންމަލެކެވެ
މި ދެތަރިންގެ ކައިވެންޏާއި ބެހޭ ގޮތުން ވާހަކަދައްކަމުން ޕްރިޔަންކާ ބުނީ މިއީ ހަޔާތުގައިވެސް އައި އެންމެ އުފާވެރި ދުވަސްކަމެށެވެ