English Edition
Dhivehi Edition

ސިވިލް ސަރވިސް ކޮމިޝަންގެ މެމްބަރުކަމަށް އައްޑު އަތޮޅު ކުމުންޒާނިގެ، ފާތިމަތު އާމިރާ މިއަދު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ޢައްޔަން ކުރައްވައިފިއެވެ.

ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމުގެ ހުވައި، ފާތިމަތު އާމިރާ ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި ވަނީ މިއަދު ކުރައްވާފައެވެ.

ރައްޔިތުންގެ މަޖިލީހުން އާމިރާ ސިވިލް ސާވިސް ކޮމިޝަނަށް އަންޔަން ކުރުމަށް ފާސްކޮށްފައި ވަނީ 71 މެމްބަރުންގެ ވޯޓުންނެވެ. އާމިރާ އަށް މެންބަރު ކަމުގެ ހުވައި ލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ޢަރީފެވެ.

އާމިރާއަކީ ސީއެޗްއެސްސީގެ ޕްރިންސިޕަލްކަމުގެ އިތުރުން ތައުލީމީ ދާއިރާގެ ގިނަ މަޤާމްތަކެއް ފުރުއްވާފައިވާ ކަނބަލެކެވެ.

އާމިރާ ސީއެސްސީގެ މެމްބަރުކަމަށް މިއަދު އައްޔަން ކުރައްވާފައިވަނީ އެކޮމިޝަންގެ މެމްބަރުކަމުގައި މިހާރު ހުންނެވި ރިނީއަބްދުއްސައްތާރުގެ ދައުރު ހަމަވުމުންނެވެ.