English Edition
Dhivehi Edition

ނެޝަނަލް އިންސްޓިޓިއުޓު އޮފް އެޑިއުކޭޝަން (އެން، އައި، އީ) ގެ ސްޕްރިޓެންޑެއްގެ މަގާމުގައި ހުންނެވި ސ.ހިތަދޫ ރަށްދެބައިގޭ ފާތިމަތު ނަސީރު، އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރަކަށް ހަމަޖައްސަވައިފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ފާތިމަތު ނަސީރަށް މަގާމުގެ ލިޔުން ހަވާލުކޮށް ދެއްވެވީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު އެވެ.

ރާއްޖޭގެ ތައުލީމީ ދާއިރާގައި ގިނަ ދުވަހު މަސައްކަތް ކުރައްވަވާފައިވާ ފާތިމަތު ނަސީރަުވަނީ ސަދަން ޕްރޮވިންސްގެ އެޑިއުކޭޝަންގެ ސްޕްރިޓެންޑެންޓް ގެ މަގާމުވެސް އަދާކުރައްވަވާފައެވެ. ރައީސް ނަޝީދުގެ ސަރުކާރުގައި އުފެއްދެވި ސަދަން ޕްރޮވިންސް އުވާލުމުން ފާތިމަތު ނަސީރު ބަދަލުކުރެއެްވެވީ އެން.އައި.އީ ގެ ސްޕްރިޑެންޓެއްގެ މަގާމަށެވެ.

ފާތިމަތު ނަސީރަކީ މީގެ ކުރިން އައްޑޫގެ ސްކޫލްތަކުގައި މުދައްރިސާއެއްގެ ގޮތުގައި ވެސް މަސައްކަތް ކުރެއްވެވި ، ގިނަ ދަރިވަރުން ތަކެއްގެ ލޯބި ލިބިފައިވާ މުދައްރިސާއެއްވެސް މެއެވެ.