ޕެޑުން ޓެކްސް ނެގުން އުވާލަން މަޖިލީހަށް ހުށަހަޅައި، މިއަދުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި އެވެ
ޕެޑުން ޖީއެސްޓީ ނެގުން ހުއްޓާލަން މަޖިލީހަށްކުރެންދޫ ދާއިރާގެ މެމްބަރު އަބްދުލްބާރީ އަބްދުﷲ ހުށަހަޅާފައިވާއިރު މިއަދު އޮތީ އެ އިސްލާހުގެ ފުރަތަމަ ކިޔުން އިއްވުމެވެ.ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރުމަށް ނިންމާފައިވާ ކަންކަމުގެ ތެރޭގައި ޕެޑުން ޖީއެސްޓީ ނެގުން ހުއްޓާލުން ހިމެނިފައިވާއިރު ރައީސް ސޯލިހް، ކެމްޕެއިން ދުވަސްވަރުވެސް ވަނީ ޕެޑުން ޓެކްސް ނެގުން ހުއްޓާލާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ
ޕެޑުން ޖީއެސްޓީގެ ގޮތުގައި މިހާރުވެސް ހަ ޕަސެންޓް ނަގަމުން އަންނައިރު އެއީ އަސާސީ އެއްޗެއްގެ ގޮތުގައި ބަލާފައެއް ނުވެއެވެ.
އަންހެނުން ބޭނުން ކުރާ ޕެޑުން ޖީއެސްޓީ ނަގާތީ އެކަމާ ގުޅޭ ގޮތުން ސޯޝަލް މީޑިއާގެ ކެމްޕޭނެއް ވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ