English Edition
Dhivehi Edition

އަންނަ އަހަރުގެ މާޗް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 87 ދާއިރާއަކަށް އެމްޑީޕީއިން ވާދަކުރަން އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެންބަރުންގެ ތާއިދުކުރާ ކަމަށް އެ ޕާޓީން ބުނެފިއެވެ

މިދިޔަ ބުރާސްފަތި ދުވަހު މަޖިލީސް އިންތިހާބާއި ބެހޭ ގޮތުން މަޝްވަރާކުރުމަށް އެމްޑީޕީގެ އޮފީހުގައި ގައުމީ މަޖިލީހުގެ ނުރަސްމީ ބައްދަލުވުމެއް ބާއްވާފައިވާއިރު ޖަލްސާ ލީޑް ކުރެއްވީ ޕާޓީގެ ރައީސް މުހައްމަދު ނަޝީދާއި ޗެއާޕާސަން ހަސަން ލަތީފެވެ

ކޯލިޝަންގެ ތެރެއިން ދާއިރާތައް ބަހާނެ ގޮތާމެދު ގޮތްތަކެއް ނިންމުން ލަސްވެފައިވާތީ އެމްޑީޕީއިން ހުރިހާ ދާއިރާއަކަށް ނުކުންނަން ގައުމީ މަޖިލީހުގެ ގިނަ މެންބަރުން ތާއިދުކޮށްފައިވަނީ އެމްޑީޕީގެ ޕްރައިމެރީ ބާއްވާ ކެމްޕެއިންކުރުމަށް އެ ޕާޓީއަށް ވަގުތު ބޭނުންވާތީކަމަށް ގައުމީ މަޖިލީހުގެ މެމްބަރުންވަނީ ބުނެފައެވެ

ގައުމީ މަޖިލިސް މެންބަރުން މިހެން ވިދާޅުވި ނަމަވެސް އެމްޑީޕީއިން ހުރިހާ ދާއިރާއަކަށް ކުރިމަތިލުމާއި ގުޅޭ ގޮތުން ވަކި ގޮތެއް އަދި ގައުމީ މަޖިލީހުގައި ނިންމާފައެއް ނުވެ އެވެ. .