English Edition
Dhivehi Edition

ދިވެހި ސަރުކާރުން އޮތީ ދީން ހިސޯރުކޮށްފައިކަމަށާއިސަރުކާރުން ދީނީ ކަންކަމަށް ވަރަށް ބޮޑަށް އިހުމާލުވެފައިވާކަމަށް އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ

ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމަށް އިދިކޮޅު ފަރާތްތަކުން މ. ކުނޫޒުގައި ބޭއްވި ޕެނަލް ޑިސްކަޝަންގައި ވަހީދު ވިދާޅުވީ ދީނީ ވާހަކަ ދައްކާ ދީނީ އިލްމުވެރިންނަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެފައިވާކަމަށެވެ.އަދި ދީނީ އިލްމުވެރިންނަށް ނުރައްކާވެފައިވާކަމަށް ވަހީދު ވިދާޅުވި އެވެ

ސަރުކާރުގެ ދީނީ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަދައްކަމުން ވަހީދު ވިދާޅުވީ ސަރުކާރުން ބޮޑެތި ފާފަތަކަށް އަރައިގަންނަތަން ފެންނަމުންދާކަމަށާއި އެގޮތުން ހައްޤަކާއި ނުލައި ރައްޔިތުންނަށް އަނިޔާކުރުމާއި، ކޮރަޕްޝަން އިންތިހާއަށް ފެތުރުމާއި، ސަރުކާރުން މީހުންގެ ގެދޮރުގެ ހުރުމަތް ކަނޑާލަމުންދާކަމަށެވެ.މީގެ އިތުރުން ވަހީދުވަނީ ކޮރަޕްޝަނުގެ ވާހަކަ ދެއްކެވީތީ އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ ޖަލަށް ލާފައިވާކަން ފާހަގަކޮށްފައެވެ. އަދި ދީނީ އިލްމުވެރިޔާާ ޑރ އަފްރާޝީމް އަލީ ޤަތުލުކޮށްލާފައިވާކަމަށް ވިދާޅުވެ ވަހީދުވަނީ މި ސަރުކާރަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައެވެ