English Edition
Dhivehi Edition

ޕްރައިވަޓައިޒޭޝަންގެ ބޯޑުން މިއަދުވަނީ ގިނަ ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުންނާއި ޗެއާމަނުން އެމީހުންގެ މަގާމްތަކުން ވަކިކޮށްފައެވެ.

މިގޮތުން އައިލެންޑް އޭވިއޭޝަންގެ މެނޭޖިންގް ޑިރެކްޓަރ ހާރިސްވެސް ހިމެނެއެވެ.ހާރިސް ވަކިކޮށްފައިވާއިރު އައިލެންޑް އޭވިއޭޝަންގެ ބައެއް މުވަޒަފުންނަށް ޕްރޮމޯޝަން އަދި މުސާރައިގެ ތަފާތުކުރުން ގެންގުޅޭކަމުގެ އަޑުތައްވެސް ވަނީ ފެތުރިފައެވެ. މީގެއިތުރުން މޯލްޑިވިއަންގެ ޕައިލެޓުން ލައްވާ ގިނަ ވަގުތު މަސައްކަތް ކުރުވުމުގެ ސަބަބުން ވަރުބަލިވެ، ފްލައި ކުރަން އުނދަގޫވާ ހިސާބަށް ކަންކަން ގޮސްފައިވާ ކަމަށް ބުނެ އެ އެއާލައިންގެ ޕައިލެޓުންތަކެއްގެ ޝަކުވާ ބޮޑުވެ އެ މައްސަލައިގެ އަޑުތައްވެސްވަނީ ފެތުރިފައިވެއެވެ.

ހާރިސް ވަކިކުރުމާއެކު އެތެރޭގެ އުދުހުންތަކުގެ އަގުތައް ހެޔޮވާނެކަމައް ބައެއްފަރާތްތަކުން އުންމީދުކުރެއެވެ.އައިލެންޑް އޭވިއޭޝަންގެ އިތުރުން މިއަދު ވަނީ 10 ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރުންނާއި ޗެއާމަނުން އެ މަގާމްތަކުން ވަކިކޮށްފައެވެ.

އެގޮތުން ސްޓެލްކޯ ގްރޭޓާ މާލެ އިންޑަސްްޓްރިއަލް ޒޯން ކުންފުނި، އެޗްޑީސީއާ، ފެނަކަ އަދި ހައްޖު ކޯޕަރޭޝަންގެ ވެރިން ވަނީ ވަކިކޮށްފަ އެވެ. މީގެ އިތުރުން، އެމްޓީސީސީ، އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކުންފުނި، ދިރާގު، ޕީއެސްއެމް އަދި މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަންގެ ވެރިން ވަކިކުރި އެވެ.