ރާއްޖެއަށް އެތެރެކުރަން އުޅުނު 2.05 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފިއެވެ.
ކަސްޓަމްސް އިން ބުނީ އަތުލައިގަނެވުނު މަސްތުވާތަކެތީގެ ތެރޭގައި ހިމެނެނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިން ކަމަށެވެ. މިދިޔަ އަންގާރަ ދުވަހު ވައިގެ މަގުން އެތެރެ ކުރަން އުޅުނު 2.05 ކިލޯގެ ހެރޮއިން އަތުލައިގެންފައިވާއިރު މިކަމާއި ގުޅޭ އިތުރު ތަފްސީލެއް އަދި ކަމާއި ގުޅޭ އެއްވެސް އިދާރާއަކުން ހާމަކޮށްފައެއް ނުވެއެވެ.
ފަހަކަށް އައިސް ރާއްޖެއަށް އެތެރެކުރުމަށް މަސައްކަތްކުރާ މަސްތުވާތަކެތި އަތުލައިގަންނަ އަދަދު އިތުރުވެފައިވާއިރު، މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުންނާއި، ކަމާއި ގުޅޭ އިދާރާތަކުން ހިންގަމުން އަންނަ އޮޕަރޭޝަންތައްވަނީ ވަރަށް ބޮޑަށް ފުޅާވެފައެވެ.