އިދިކޮޅު ސިޔާސީ ޕާޓީއެެއް އޮތަ ނުދިނުމަށް އިލެކްޝަންސް ކޮމިޝަނުން ކުރަމުން އަންނަ ކަންތައްތައް ހުއްޓާލުމަށް އިދިކޮޅު ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން ހުސެއިން މަނިކު ގޮވާލައިފިއެވެ
ނިހާން ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ އިދިކޮޅު ސިޔާސީ ޕާޓީއެއް ރާއްޖޭގައި އޮތަ ނުދިނުމަށް އިލެކްޝަންސް ކޮމިޝަނާއި، އެ ކޮމިޝަންގެ ރާއިސް އަހުމަދު ޝަރީފު ކުރައްވަމުން ގެންދަވާ މަސައްކަތް ވަގުތުން ވަގުތައް ހުއްޓާލަން ޖެހޭކަމަށެވެ
ރާއްޖޭގައި ޒިންމާރާ އިދިކޮޅު ޕާޓީއެއް އޮތަނުދިނުމަށް އީސީން ކުރަމުންދާ މަސައްކަތް ހުއްޓާލުމަށް ނިހާން ގޮވާލާފައިވާއިރު، އިލްކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަރުކާރަށް ފާރަވަރިވާނެ ޒިންމާދާރު އިދިކޮޅު ޕާޓީއެއް އޮތުން މުހިންމު ކަމަށެވެ. އަދި އެކަން ކުރެވޭނީ ގާނޫނުތަކާ ގަވާއިދުތަކާ އެކަމަށް ހެދިފައިވާ އުސޫލުތަކާ އެއްގޮތަށް ބިނާކުރާ ލީޑަރޝިޕެއްގެ ދަށުން ކަމަށް ޝަރީފްވަނީ ވިދާޅުވެފައެވެ
ޝަރީފް މިހެން ވިދާޅުވެފައިވާއިރު އީސީ އިންވަނީ އެ ކޮމިޝަންގެ ބެލުމުގެ ދަށުން ޕީޕީއެމް އިން ބޭއްވި ކޮންގްރެސް އާއި އެ ޕާޓީގެ މިހާރުގެ ލީޑަރޝިޕް ބަލައި ނުގަންނަ ކަމަށް ބުނެފައެވެ. އަދި އެ ކޮމިޝަނުން ޕާޓީތަކަށް ފައިސާ ދޫކުރިއިރު ޕީޕީއެމްއަށް ހައްގުވާ ފައިސާ އެޕާޓީއާއި ހަވާލުކޮށްފައިނުވާކަމަށްވެސް ޕީޕީއެމްގެ މިހާރުގެ ލީޑަރޝިޕް އިން ދަނީ ބުނަމުންނެވެ.