English Edition
Dhivehi Edition

ކުރީގެ ނައިބް ރައީސް އަހުމަދު އަދީބުގެ ވާތްފަރާތު ކިޑްނީ ވަނީ ދުޅަވެފައި ކަމަށް އާއިލާއިން ބުނެފިއެވެ.

އަދީބުގެ ސިއްހީ ޙާލަތާ ގުޅޭ ގޮތުން އޭނާގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ވިދާޅުވެފައިވަނީ އަދީބުގެ ސިއްހީ ހާލަކޮޅާއި މެދު ކަރެކްޝަން ސަރވިސްގެ އިހުމާލު ވަރަށް ބޮޑަށް އޮތްކަމަށެވެ. އަދު އެމައްސަލަ ބަލައިދިނުމަށް އެދި ނަޝްވާ ވަނީ އެޗްއާރްސީއެމަށް ހުށަހަޅުއްވާފައެވެ. ހަމަ އެއާއެކު އަދީބުގެ މިހާރުގެ ސިއްހީހާލުކޮޅާއި ބެހޭ ގޮތުން ޑޮކްޓަރުން ދެއްވި ލިޔުންތައް އެޗްއާރްސީއެމްއަށް ހުށަހަޅާފައިވާ ކަމަށް ނަޝްވާ ވަނީ ވިދާޅުވެފައެވެ.

އަދީބުގެ ކިޑްނީގައި އުފެދިފައިވާ ހިލަކޮޅެއް ފެންނަ އެކްސްރޭއެއް އާންމުވެފައިވާ އިިރު ނަޝްވާ ވިދާޅުވީ އަޖީއެމް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭން ފެށީއްސުރެ އަދިވެސް އެހިލަކޮޅު ދައުރު ނުވާ ކަމަށެވެ. އަދި އެހިލަކޮޅު ދައުރުނުވުމުގެ ސަބަބުން އަދީބުގެ ވާތް ފަރާތުގެ ކިޑްނީ ވަނީ ދުޅަވެފައި ނަޝްވާ ވިދާޅުވިއެވެ.

އެކަށީގެންވަ ބޭސްފަރުވާގެ ފުރުސަތު އަދީބަށް ނުލިބޭތާ ތިން އަހަރުވެފައިވާކަން ފާހަގަކުރައްވާ ނަޝްވާ ވިދާޅުވީ ބޭސްފަރުވާގެ ފުރުސަތު ނުލިބޭތާ އިންސާފުވެސް އެމަނިކުފާނަށް ނުލިބޭ ކަމަށާ އަދިވެސް ދެމުންދަނީ އަނިޔާ ކަމަށެވެ.

މިމަހުގެ 9 ވަނަ ދުވަހުގެރެއިން ފެށިގެން އައިޖީއެމް ހޮސްޕިޓަލުގައި އެޑްމިޓްކޮށް އަދިބަށް ދަނީ ފަރުވާދެމުންނެވެ.

އަދީބުގެ ސިއްހީ ހާލުކޮޅު ގޯސްވުމުން ފަރުވާއަށް ރާއްޖެއިން ބޭރަށް ގެންދިއުމަށް އާއިލައިން ވަނީ ތަކުރާރުކޮށް މަސައްކަތްކޮށްފައެވެ. ސަރުކާރުން އަދީބު ބޭރަށް ގެންދިއުމުގެ ހުއްދަ ދީފައި ނުވަނީ ފިލާފާނެ ކަމަށް ބުނެއެވެ.

33 އަހަރުގެ ޖަލު ހުކުމެއް ތަންފިޒު ކުރަމުންދާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް މަސައްކަތް ކުރައްވަމުންދާއިރު، މީގެކުރިން ވެސް ޖަލުގައި ހުކުމް ތަންފީޒުކުރަމުންދިޔަ ބައެއް ބޭފުޅުން ގައުމުން ބޭރަށް ބޭސްފަރުވާއަށް ދިއުމަށް ފަހު އަނބުރާ ނާންނާނެކަން އަންގާފައިވެއެވެ.