English Edition
Dhivehi Edition

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު(އިބޫ) އާއި އިންތިހާބީ ނައިބު ރައީސް ފައިސަލް ނަސީމް ކޯލިޝަންގެ ހަތަރު ލީޑަރުންނާއެކު މިއަދު ބޭއްވެވި ބައްދަލުވުމުގައި ކެބިނެޓާ ގުޅޭ ގޮތުން ގޮތްތަކެއް ނިންމައިފި އެވެ

ކުރީގެ ދެ ރައީސުން ކަމަށްވާ މައުމޫން އަބްދުލްގައްޔޫމާއި މުހައްމަދު ނަޝީދު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲއާއެކު ބޭއްވި ބައްދަލުވުމަށްފަހު އިބޫ ވިދާޅުވީ ކެބިނެޓް އެކުލަވާލުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައި އޭގައި ގޮތްތަކެއް ނިންމިފައިވާ ކަމަށެވެ. އިބޫ ވިދާޅުވީ މިއަދު އެއްބަސްވެވުނީ މިހާރު އޮތް ކޯލިޝަން އޮތް ގޮތަށް ދަމަހައްޓާ ރައްޔިތުން އެކުރި އުއްމީދުތައް ދަމަހައްޓައި ކުރިއަށް ދިޔުމަށްޓަކައި އޭރު ވެސް އެ އޮތް ގޮތަށް އެކުގައި ދެމިތިބުމަށްކަމަށެވެ

އިބޫ މިހެން ވިދާޅުވި ނަމަވެސް ކެބިނެޓާ ގުޅޭ ގޮތުން މިއަދު ވާހަކަފުޅު ދެއްކަވަމުން ނަޝީދު ވިދާޅުވީ އެކުލަވާލެވެނީ ރައިސުލްޖުމްހޫރިއްޔާގެ ކެބިނެޓެއް ކަމަށާއި އެ ކެބިނެޓް އެކުލެވިގެން ވާންވާނީ ރައިސުލްޖުމްހޫރިއްޔާ ހިޔާރު ކުރައްވާ އެމަނިކުފާނަށް އިތުބާރު ކުރެވޭ ބޭފުޅުންތަކެއްގެ މައްޗަށް ކަމަށެވެ.

އިބޫގެ ކެބިނެޓް ޕާޓީތަކަށް ބަހާލައިގެން އެކުލަވާލަން ހަމަޖެހިފައިވާއިރު ކެބިނެޓްގައި ޖުމްލަ 19 މިނިސްޓަރުން ތިއްބަވާނެއެވެ. އިބޫގެ ސަރުކާރުގެ ކެބިނެޓް އެކުލަވާލިއިރު އެމްޑީޕީއަށް 40 ޕަސެންޓް ،ޖުމްހޫރީ ޕާޓީއަށް 25 ޕަސެންޓް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް 20 ޕަސެންޓް އަދި އަދާލަތު ޕާޓީއަށް 15 ޕަސެންޓް ދޭންވަނީ ނިންމާފައެވެ

.