English Edition
Dhivehi Edition

ގުޅިފައިވާ އިއްތިޙާދުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިޙް (އިބޫ) އާއި ގުޅުވައިގެން ކޮރަޕްޝަނާއި ވައްކަމުގެ ވާހަކަތައް ދައްކަމުންދާ އަޑު ނީވޭނެކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ

ހދ. މަކުނުދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރޮޒައިނާ ވިދާޅުވީ އިބޫއަކީ ހުރިހާ އެންމެންނާއި ގުޅިގެން މަސައްކަތްކުރެވޭނެ ބޭފުޅެއްކަމަށާއި އިބޫއަކީ ކޮރަޕްޝަނާއި ވައްކަމުގެ އަމަލުތަކެއް ހިންގަވާނެ ބޭފުޅެއް ނޫންކަމަށެވެ.ކެމްޕެއިން ތެރޭގައި އިބޫ ދައްކަމުންދާ ވާހަކަތަކަށް ތައުރީފުކުރައްވާ ރޮޒައިނާ ވިދާޅުވީ ހަމައަގުގައި ސަރުކާރުގެ މަސައްކަތްތައް ހަވާލުކުރައްވާނެކަމަށާއި ކޮރަޕްޝަން މަދުކުރައްވާނެ ކަމަށް ވިދާޅުވެ އިބޫ ދެއްކި ވާހަކަތަކަށް ސެލިއުޓްކުރައްވާކަމަށެވެ

މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަދައްކަމުން ރޮޒައިނާ ވިދާޅުވީ މިސަރުކާރުން ސުޕަރމެޖޯރިޓީއާއިއެކު ވެރިކަމަށް އައިސް ކުރީ ސުޕަރ ވައްކަން ކަަމަށާއި ހިންގީ ސުޕަރ ކޮރަޕްޝަން ކަމަށެވެ