English Edition
Dhivehi Edition

އައްޑޫ ސިޓީގެ ގަމުގައި ދުއްވާފައި ދިޔަ ޓެކްސީއެއް ކޮންޓްރޯލު ނުވެގެން ގޮސް ފާރަކަށް އަރައި ދެމީހަކަށް އަނިޔާވެއްޖެއެވެ.

ރޭ ފަތިހު 5:45 ގައި ހިނގި މި ހާދިސާގައި އެކްސިޑެންޓްވި ކާރަކީ ހިތަދޫ ޓެކްސީ ސެންޓަރެއްގެ ކާރެކެވެ. .މި ހާދިސާގައި ކާރުގެ ކުރީކޮޅަށް ވަރަށް ބޮޑަށް ގެއްލުންވެފައިވާއިރު ފުލުހުން ބުނީ އެހާދިސާގައި ކާރުގައި ތިބި ދެމީހުންނަށް ވެސް ކުދި ކުދި އަނިޔާ ލިބިފައި ކަަމަށެވެ.


މި ހާދިސާ ހިނގާފައިވަނީ އެއާޕޯޓުން ހިތަދޫ އަށް ކާރު ދުއްވާފައި ދަނިކޮށް ކާރު ދުއްވަން އިން ޑްރައިވަރަށް ނިދި ގެން ކަމަށް މައުލޫމާތު ލިބެއެވެ.

މި އެކްސިޑެންޓުގައި ކާރު ގޮސް ފާރުގައި ޖެހުމުގެ ސަބަބުން ފާރުން ބައެއް ކާރުގެ މައްޗަށް ވެއްޓި، ކާރުގެ ކުރީކޮޅަށް ވަރަށް ބޮޑަށް ގެއްލުންވެފައިވެއެވެ. ފުލުހުންމި މައްސަލަ ތަޙުގީގު ކުރަމުން ދާއިރު އަނިޔާވި މީހުންނަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.