English Edition
Dhivehi Edition

ބޮލީވުޑްގެ މަޝްހޫރު ތަރި އަރުޖުން ކަޕޫރާ ކައިވެނިކުރަން މަލައިކާ އަރޯރާ ތައްޔާރުވަމުން އަންނަ ކަމަށް ބުނާ ވާހަކަތަކާ ގުޅިގެންސުވާލު ކުރުމުން އެ ވާހަކަ ދައްކަން މަލައިކާ ދެކޮޅު ހަދައިފި އެވެ

މި ވާހަކަތައް މަލައިކާ ދޮގުކޮށްފައި ނުވާއިރު ހިންދުސްތާން ޓައިމްސް އަށް މަލައިކާ ބުނީ އޭނާއަކީ އެއް އިރެއްގައި ވެސް ޒާތީ ވާހަކަތައް މީޑިއާތަކާ ހިއްސާކުރާ މީހެއް ނޫން ކަމަށާއި އެ ވާހަކަދައްކަން ބޭނުން ނުވާކަމަށެވެ

މީގެ އިތުރުން މަލައިކާ ބުނީ އޭނާގެ ހަޔާތާ ބެހޭ ގޮތުން އެނގެން ޖެހޭ ކަމެއް އޮތް ނަމަ އެކަން އެނގެން ޖެހޭ ބަޔަކަށް އެކަންކަން އެނގޭނެ ކަމަށާއި އެހެންކަމުން އިތުރަށް ވަކި ކަމެއް ވަކި ބަޔަކަށް ސާބިތުކޮށް ދޭން ނުޖެހޭނެ ކަމަށެވެ

އަރުޖުން، 33، އާއި މަލައިކާ، 45، އެކުގައި ގިނަ ހަރަކާތްތަކުން ފެންނަމުން ދާއިރު ގިނަ ބަޔަކު ބުނެފައިވަނީ އެމީހުންގެ މެދުގައި އޮތީ އެކުވެރިކަމަށްވުރެ ގާތް ގުޅުމެއް ކަމަށެވެ. އަދި އެމީހުންގެ ކައިވެނި އަންނަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި ކުރެވިގެންދާނެކަމަށް މީޑިއާ ރިޕޯޓްތައްވަނީ ބުނެފައެވެ

މަލައިކާ ސަލްމާން ހާންގެ ކޮއްކޮ އަރްބާޒު ހާނާ ކުރިން ކައިވެނިކޮށް މިހާރު 15 އަހަރުގެ ފިރިހެން ދަރިއަކުވެސްވަނީ ލިބިފައެވެ