English Edition
Dhivehi Edition

ބޮލީވުޑްގެ ތަރިންގެ ދެމެދުގައި ހީވެސް ނުކުރާ ކަހަލަ ލޯބީގެ ގުޅުން އުފެދެއެވެ. އަދި މިހާރަކަށް އައިސް އުމުރުގެ ފަރަގު ބޮޑު ލޯބީގެ ގުޅުންތައް ވަރަށްވެސް ބޮލީވުޑްގައި ގިނައެވެ.

މިފަހަރު މިއޮތީ އުމުރުގެ ފަރަގު ބޮޑު އާ ޖޯޑެއްގެ ވާހަކައެވެ. އުމުރުން 45 އަހަރުގެ ބޮލީވުޑްގެ ތަރި އަދި މޮޑެލް މަލައިކާ އަރޯރާ އާއި އުމުރުން 33 އަހަރުގެ ބޮލީވުޑް އެކްޓަރ އަރުޖުން ކަޕޫރް ގެ ލޯބީގެ ވާހަކައެވެ.

މަލައިކާ އާއި އަރުޖުން އަތުގުޅުވާލައިގެން އެކިފަހަރުމަތިން މަގުމަތިން ފެނިފައިވާ ކަމަށް ބޮލީވުޑްގެ ހަބަރުތައް ބުނެއެވެ. ނަމަވެސް އަދި މިހާތަނަށް މިދެތަރިންގެ ގުޅުމާ މެދު އެއްވެސް ވާހަކައެއް މީޑިއާ އާހިއްސާ ކޮށްފައި ނުވެއެވެ. ނަމަވެސް މިދެތަރިންގެ ގުޅުމާ ބެހޭގޮތުން ބަހެއް ލިބޭތޯ ފޭނުން ކުރަމުން ދާ ސުވާލުތަކަށް ނޫނެކޭ ނުވަތަ އާނއެކޭވެސް މިދެތަރިން ބުނެފައި ނުވެއެވެ. ދާދި ފަހުން ވަނީ މިދެތަރިން ވަނީ އެކުގައި ޗުއްޓީ ހޭދަކުރުމަށް ޔޫރަޕަށް ގޮސްފައެވެ. އެހެން ކަމުން ގިނަބަޔަކު ބުނަމުން ދަނީ މިދެތަރިންގެ ދެމެދުގައި ވަނީ ވަރަށް ސާފު ލޯބީގެ ގުޅުމެއް ކަމަށާއި އަދި މިދެތަރިން މިވަގުތު އެކަކު އަނެކަކަު ދަސްކުރަނީ ކަމަށްވެސް ވުންވެސް އެކަށިގެން ވާ ކަމަށެވެ.

ދާދި ފަހުން އަރުޖުން އިންޓަވިއު އެއްގައި ބުނެފައި ވަނީ އޭނަ ކައިވެންޏެއް ކުރަނީ އޭނަގެ ކޮއްކޮމެން ގެ ކައިވެނި ކޮށްދީފައެވެ. އެހެން ކަމުން ބައެއް މީޑިއާތަކުން ބުނެފައިވަނީ އަރުޖުން އަދި ކައިވެންޏަކާ ހަމައަށް ދާނެ ދުވަހެއް ނޭނގޭ ކަމަށެވެ.

33 އަހަރުގެ އަޖުން ކަޕޫރަކީ މަޝްހޫރު ޕްރިޑިއުސަރ ބޯނީ ކަޕޫރް ގެ ފުރަތަމަ ކައިވެންޏަށް ލިބިފައިވާދޮށީ ދަރިއެވެ. އަރުޖުންގެ އެއްބަނޑު އެއްބަފާ އަންހެން ކޮއްކޮ އެއްވެސްހުރެއެވެ. އަރުޖުންގެ މަންމަ ވަރިކުރުމަށްފަހު ބޯނީކަޕޫރަ ވަނީ މަޝްހޫރު ފިލްމީތަރި ސްރީދޭވީ އާއި ކައިވެނިކޮށްފައެވެ. އަދި މިކަިވެންޏަށް ދެ އަންހެން ކުދިން ލިބިފައި ވެއެވެ. އަރުޖުންގެ މަންމަ އަދި ދޮންމަންމަ ވެސް މަރުވުމާއި ގުޅިގެން މިހާރު އޭނަގެ ކޮއްކޮމެން ގެ ކަންތަކާ އިސްކޮށް އުޅެނީ އޭނައެވެ.

އުމުރުން 45 އަހަރުގެ މަލައިކާ އަރޯރާ ވަނީ އެކްޓަރ އަރުބަޒް ހާން ކުރިން ކައިވެންޏެއް ކޮށްފައެވެ. ނަމަވެސް މިދެތަރިންގެ 19 އަހަރު ވީކައިވެނި ވަނީ 2017 ވަނަ އަހަރު ރޫޅާލާފައެވެ. މިދެތަރިންގެ ކައިވެންޏަށް ދެ ފިރިހެން ދަރީން ވަނީ ލިބިފައިވެއެވެ.