English Edition
Dhivehi Edition

ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހްމީ ޖުމްހޫރީ ޕާޓީއަށް ސޮއި ކުރައްވައިފި އެވެ.

ޖުމްހޫރީ ޕާޓީގެ މައި އޮފީހުގައި ކުރިއަށްގެންދިޔަ ރަސްމިއްޔާތެއްގައި އަލްހާން ޖޭޕީއަށް ސޮއިކުރެއްވުމަށްފަހު މެމްބަރޝިޕް ފޯމް ވަނީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމާ ހަވާލުކުރައްވާފަ އެވެ.

ޖޭޕީއަށް ސޮއި ކުރެއްވުމަށްފަހު ޖޭޕީގެ މައި ޖަގަހަ ކުނޫޒުގައި ވާހަކަ ދައްކަވަމުން އަލްހާން ވިދާޅުވީ ޖޭޕީއަށް ސޮއި ކުރެއްވީ ކޯލިޝަންގައި ތިބި އެމްޑީޕީ ފަދަ އެހެން ޕާޓީތަކުން ޖާގަ ނުލިބިގެން ނޫން ކަމަށެވެ. އަލްހާން ވިދާޅުވީ ކޯލިޝަން ދަމަހައްޓާ، ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ޖޭޕީގެ ގޮނޑިތައް ކާމިޔާބު ކޮށްދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

އަލްހާން މީގެ ކުރިންވެސް ވަނީ ޖުމްހޫރީ ޕާޓީގެ މެންބަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާފަ އެވެ.އަދި ޑީއާރްޕީއާއި، އެމްޑީޕީގެ އިތުރުން އަދި ޕީޕީއެމްގައިވެސް އަލްހާން ވަނީ މަސައްކަތް ކުރައްވާފަ އެވެ.

އަލްހާން ފަހްމީ ސިޔާސީ މައިދާނުން އެންމެ ބޮޑަށް ފާހަގަކުރެވިގެން ދިޔައީ ޑީއާރްޕީގެ ޓިކެޓްގައި ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު ކަމަށް އިންތިހާބުވެވަޑައިގެންނެވި ހިސާބުންނެވެ.
އަލްހާން ޖޭޕީއަށް ސޮއި ކުރެއްވި އިރު، ނިމިދިޔަ ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީނަށް ތާއީދުކޮށް އިދިކޮޅު ފަރާތްތަކަށް ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.