English Edition
Dhivehi Edition

ޔާމީންގެ ސަރުކާރުގެ ކުރީގެ ނައިބް ރައީސް އަހްމަދު އަދީބަށް ވަނީ ކަރެކްޝަނުން ވަރަށް ބޮޑަށް އިހުމާލުވެފައި ކަމަށް އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ތުހުމަތު ކުރައްވައިފިއެވެ.

ނަޝްވާ މިހެން ތުހުމަތު ކުރީ މިހާރު ބަލިހާލަތު ބޮޑުވުމުގެ ސަބަބުން އައިޖީއެމްއެޗްގައި އަދީބަށް ފަރުވާ ދެމުން ދަނިކޮށެވެ. ކުރީގެ ނައިބު ރައީސް އަދީބަށް އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނީ ކިޑްނީއަށް ތަދުވާތީ ކަމަށް އާއިލާއިން ވަނީ ބުނެފައެވެ. އަދީބްގެ އާއިލާއިން ބުނީ އަދީބް އެޑްމިޓްކުރީ ހިލަ ވެއްޓޭތީ ކިޑްނީގައި އަޅާ ވޭނަށް ކެތްނުކުރެވިގެންނެވެ.އަދި އެޑްމިޓް ކުރެވުނު ފަހުން ތަދުކެނޑުވުމަށް ފަސް އިންޖެކްޝަން މިހާތަނަށް ޖަހާފައިވާ ކަމަށް އާއިލާއިން ބުނެއެވެ

މީގެ ކުރިން އަދީބުގެ އާއިލާއިން ބުނެފައިވަނީ އަދީބަށް ލޮލުގެ ނުރައްކާތެރި ބައްޔެއް ކަމަށްވާ ގުލުކޮމާ ޖެހި ސާޖަރީއެއް ހެދުމަށް ޑޮކްޓަރުން ލަފާދީފައިވާ ކަމަށާއި ނަމަވެސް މެޑިކަލް ބޯޑުގެ ހުއްދަ ނުލިބިމުގެ ސަބަބުން މިއަދާ ހަމައަށް ވެސް ބޭސްފަރުވާއަށް އަދީބް، ރާއްޖެއިން ބޭރަށް ގެންދެވޭ ގޮތް ވެފައި ނުވާ ކަމަށެވެ.

އަދީބުގެ ހާލު ގޯސްވެގެން މިދިޔަ މަހުވެސްވަނީ އައިޖީއެމްއެޗަށް ގެނެސް ޔޫރޮލޮޖިސްޓަކަށް ދައްކައިފައެވެ. އޭގެ ކުރިން އައިކެއާ އޮޕްޓިކަލްސްއަށްވެސް ޑޮކްޓަރަށް ދައްކާފައިވެއެވެ.

އަދީބު ގެއަށް ބަދަލު ކުރުމަށް މިދިޔަ މަހުގެ ފަހުކޮޅު ޑޮކްޓަރުން ވަނީ ލަފާދީފައެވެ. އެހެން ނަމަވެސް އާއިލާއިން ކުރި ޝަކުވާ ތަކަށް ކަރެކްޝަނުންވަކި ޖަވާބެއް ދީފައެއް ނުވެއެވެ