English Edition
Dhivehi Edition

މިކަން ވެގެންދާނީ މެޑިސިންދާއިރާޔަށް އަދި ހާއްސަކޮށް ނިއުރޯ ސާޖަރީގެ ދާއިރާއަށް ރާއްޖޭގައި ކުރެވުނު ފުރަތަމަ އެއް އޮޕްރޭޝަނަށެވެ. އޭޑިކޭގައި ބޭއްވުނު “ބްރެއިން އެންޑް ސްޕައިން” ކޮންފަރެންސްގެ ތެރެއިން މިވަނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް މައިބަދައިގެ ޑިސްކެއް ބަދަލުކޮށް މަސްނޫއީ ޑިސްކެއް ލެއްވުމުގެ ސާޖަރީއެއް ކާމިޔާބު ކަމާއެކު ކޮށްފައެވެ.

އޭޑީކޭ ހޮސްޕިޓަލުގެ ނިއުރޯ ސާޖަން ޑރ. އަލީ ނިޔާފާއި އެމެރިކާގެ ޑޮކްޓަރެއްކަމަށްވާ ރިޗާޑް ވޯންސް ގުޅިގެން ކުރި މި ސާޖަރީ ވަނީ އޭޑީކޭގެ ފޭސްބުކް ޕޭޖުންނާއި ސިއްހީ ދާއިރާގައި ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށް ސާޖަރީ ހަދަމުންދިޔައިރު ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ އޮޑިޓޯރިއަމްގައި ލައިވްކޮށް ދައްކާލާފައެވެ.

ސާޖަރީ ނިންމާލުމަށްފަހު ޑރ. ނިޔާފާއި ޑރ. ރިޗާޑް ވަނީ އެކި ފަރާތްތަކުން ސާޖަރީއާ ގުޅިގެން ކުރި ސުވާލުތަކަށް ޖަވާބު ދެއްވާފައެވެ. މައިބަދައިގެ ޑިސްކެއް ބަދަލުކޮށް މަސްނޫއީ ޑިސްކެއް ލައްވާފައިވާ މީހާގެ ހާލު ރަނގަޅު ކަމަށް މައުލޫމާތު ލިބެއެވެ.