English Edition
Dhivehi Edition

ނިމިގެންދިޔަ ރިޔާސީ އިންތިޚާބަށްފަހު ޕީޕީއެމްގެ ގިނަ އިސްބޭފުޅުން ވަނީ ސިއާސީ މައިދާނުން ގެއްލިފައެވެ. މިގޮތުން ގެއްލިފައިވާ އެއްބޭޅުކީ އިންތިޚާބުގައި ޕީޕއެމްއިން ވާދަކުރެއްވި ކެންޑިޑޭޓް ރައީސް ޔާމީންގެ ރަނިންމޭޓް ޑރ. ޝަހީމެވެ.ޝަހީމްގެ ޙަބަރެއް އިއްޔެއާ ހަމަޔަށްވެސް ލިބިފައިނުވާއިރު މިއަދު މިވަނީ ޝަހީމްގެ ޙަބަރެއް ލިބިފައެވެ.

މިއަދު ޑރ. ޝަހީމް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިންތިޚާބަށްފަހު ހަމަހިމޭންކަން ޚިޔާރުކުރީ ޤައުމީ ސުލްހައަށް ޖާގަ ދިނުމަށް ކަމަށެވެ. އެއްގޮތަކަށް ވެސް މައިދާނާ ދުރަށް ދިޔައީ ނޫންކަމަށެވެ.

ރިޔާސީ އިންތިޚާބުގައި ލިބިވަޑައިގެން ނާކާމިޔާބީއާއެކު ޑރ. ޝަހީމް ވަނީ ސިޔާސީ ވާހަކަ ދެއްކެވުން ހުއްޓާލައްވައި އޭނާ ފުރުއްވަމުން ގެންދެވި އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލާގެ މަސްއޫލިއްޔަތުތައް އަދާ ކުރެއްވުމުގައި އަވަދިނެތި އުޅުއްވަން ފައްޓަވާފައެވެ.

އިންތިޚާބުގެ ނަތީޖާ އޮޅުވާލާފައިވާ ކަމަށް ބުނެ، ޕީޕީއެމް ސުޕްރީމް ކޯޓަށް ދިޔުމާއި އެ މައްސަލަ ޕީޕީއެމްއަށް ނާކާމިޔާބުވުމުން ވެސް ޑރ. ޝަހީމް އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ. ޕީޕީއެމްއިން ކުރިއަށް ގެންދިޔަ މުޒާހަރާތަކުގައި ވެސް ޑރ. ޝަހީމްގެ އެއްވެސް ރޯލެއްނެތެވެ.

ރިޔާސީ އިންތިޙާބުގެ ކެމްޕެއިން ދުވަސްވަރު ޑރ. ޝަހީމަކީ އެންމެ އަޑުގަދަ އެއް ޝަހުސިއްޔަތެވެ. އޭނާ ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ވަޑައިގެން ރައީސް ޔާމީންގެ ސަރުކާރު ދިފާއު ކުރައްވައި ކެމްޕެއިން ކުރައްވާފަ އެވެ.