English Edition
Dhivehi Edition

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއަަކަށް ވާދަ ކުރައްވާނޭ ކަމުގައި މަޝްހޫރު ޤާނޫނީ ވަކީލާ އަލްއުސްތާޛާ ހިސާން ޙުސައިން ވިދާޅުވެެއްޖެއެވެ.

އެމްޑީޕީގެ ލީގަލް ޑައިރެކްޓާރ އަލްއުސްތާޛާ ހިސާން ހުސައިން ވިދާޅުވީ އޭނާ ކުރިޔަށް އޮތް އާއްމު އިންތިޚާބުގައި ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާއަށް ވާދަކުރެއްވުމަށް ނިންމަވާފައި ވާކަމަށެވެ.

ހިސާން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ކަމުގެ މަޤާމަށް ވަޑައިގެންނެވުމަކުން، އިންސާފުގެ މަގަށް ކުރައްވަމުން ގެންދަވާ މަސައްކަތް ހުއްޓިގެން ނުދާނެ ކަމަށެވެ. އަދި އެމަސައްކަތް އެންމެ ރަނގަަޅަށް ކުރެވޭނީ މަޖިލީހުގެ ތެރެއިން ކަމަށްވެސް ޤަބޫލުފުޅު ކުރައްވާ ކަމުގައި ހިސާން ވިދާޅުވިއެވެ.
އަދި އިންސާފުގެ މަގަށް ރާއްޖެ ގެނައުމަށްޓަކައި އެންމެ ބޮޑަށް ދެން މަސައްކަތް ކުރެވޭނީ ރައްޔިތުންގ މަޖިލީހުގެ ތެރެއިން ކަމަށްވާތީ، އާއްމު އިންތިޚާބުގައި ވާދަކުރެއްވުމަށް ނިންމެވީ ކަމަށް ހިސާން ވިދާޅުވިއެވެ.

ރައްޔިތުން މަޖިލީހަށް ކުރިމަތިލައްވަން ހިސާން ނިންމެވި އިރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އެކުލަވާލާ ކެބިނެޓްގައި ބަންޑާރަނައިބު ކަން ކުރައްވަން އެންމެ ރަނގަޅީ ހިސާން ކަމަށް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

ހިސާންއަކީ ފާއިތުވެ މިދިޔަ 5 އަހަރުގެ ތެރޭގައި ޤާނޫނުތަކާއި ޤާނޫނު އަސާސީއަށް ގެނައި ބަދަލުތަކާއި، ހައްޤުތައް ނިގުޅައިގަނެ ޤާނޫނު އަސާސީގެ ރޫހާއި ހިލާފަށް މަޖިލީހުން ނިންމުންތައް ނިންމަމުން ދިޔައިރުވެސް އެކަމާއި ދެކޮޅަށް އެންމެ އަޑުހަރުކޮށް ވާހަކަފުޅު ދެއްކެވި އެއް ވަކީލެވެ.