English Edition
Dhivehi Edition

އެކިއެކި ޤައުމުތަކަށް ޗުއްޓީހޭދަކޮށްލުމަށް ދާހިތްވާ ވަރަށް ގިނަ މީހުން ތިބޭނެއެވެ.ގިނަ ޤައުމުތަކަށްގޮސް ފޮޓޯ ނަގާ އެތަންތަނުގެ ސަގާފަތްތައް ދަސްކޮށްލަން ވަރަށްގިނަ މީހުން ބޭނުންވާނެއެވެ.އަދި މަދުންނަމަވެސް ދުނިޔޭގެ ހުރިހާ ޤައުމަކަށް ގޮސްލަން ބޭނުންވާނޭ ބަޔަކުވެސް ތިބޭނެވެ.27 އަހަރުގެ ކެސީ ދެ ޕެކޮލް މިވަނީ މިކަން ފަށާފައެވެ.ކެސީ ދެ ޕެކޮލް މި ދަތުރު ފެށީ ދުނިޔޭގެ ހުރިގާ ޤައުމަކަށް ދަތުރުކުރުމަށެވެ.

27 އަހަރުގެ ކެސީއަށް މިހާރު ދުނިޔޭގެ 181 ޤައުމަށް ދަތުރުކުރެވިފައިވާއިރު އޭނާއަށް ނުދެވި އޮތީ އެންމެ 15 ޤައުމަށެވެ.އެމެރިކާއަށް އުފަން ކެސީގެ ޓާގެޓަކީ ދުނިޔޭގެ 196 ޤައުމަށްގޮސް އޭނާގެ ހުވަފެނީ ދަތުރު “އެކްސްޕެޑިޝަން196” ފުރިހަމަކުރުމެވެ.ކުރިޔަށްއޮތް 40 ދުވަސްތެރޭ މިކަން ފުރިހަމަ ކުރަން ކެސީ ނިންމާފައިވާއިރު އޭނާ ވެގެންދާނީ ދުނިޔޭގެ އެންމެ އަވަހަށް ހުރިހާ ޤައުމަކަށް ދަތުރުކުރި ފުރަތަމަ އަންހެން މީހާޔަށް އަދި އޭނާ ދުނިޔޭގެ ރިކޯޑުފޮތުންވެސް ޖާގަހޯދާނެވެ.

ކެސީ އަކީ ފަތުރުވެރިކަމުގެ ތެރެއިން ދުނިޔޭގެ ސުލްޙައިގެ ޖަމިއްޔާއެއްގެ އެމްބެސަޑަރެވެ.މިހެންކަމުން މިހުރިހާ ދަތުރުތަކެއްގެ ޙަރަދު ބަލަހައްޓަނީ އެ ޖަމިއްޔާ ސްޕޮންސާ ކުރާ ފަރާރްތަކުންނެވެ.200,000$ މިހާތަނަށް ޙަރަދުވެފައިވާއިރު ކެސީ ދަނީ އޭނާގެ އިންސްޓަގްރާމްއިން އޭނާއަށް އެކަމޮޑޭޝަން ދޭ ފަރާތްތައް އެޑްވަޑައިޒްވެސް ކޮށްދެމުންނެވެ.